ބޮލީވުޑް މުނިފޫހިފިލުވުން

ޝާހްރުކްއާއި ސަލްމާންގެ ތެރެއިން ކިމްއަށް ކަމުދަނީ ކާކު؟

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޕްރިޔާންކާ ޗޯޕްރާ ޖޯނަސްއާއި ދީޕިކާ ޕަދުކޯން، އަނޫޕަމް ޚޭރް އަދި އަލީ ފަޒާލް ފަދަ އެކްޓަރުން ވަނީ ހޮލީވުޑްގައި ވެސް ހަރަކާތްތެރި ވެފައެވެ. ހަމަ އެފަދައިން ހޮލީވުޑްގެ ބައެއް އެކްޓަރުން ކަމުގައިވާ ސިލްވަސްޓާ ސްޓެލޯންއާއި ބެން ކިންގްސްލޭ ފަދަ އެކްޓަރުން ވަނީ ބޮލީވުޑްގައި ވެސް ހަރަކާތްތެރި ވެފައެވެ.

ނަމަވެސް ހޮލީވުޑްގެ މަޝްހޫރު ތަރި ކިމް ކާޑޭޝިއަން، ބޮލީވުޑްގެ ފިލްމެއް ކުޅެން ޝައުޤުވެރިކަން ބަހައްޓައިފާނެ ކަމަށް މީގެ ކުރިން އެއްވެސް މީހަކު ހިއެއް ނުކުރެއެވެ.

މިކަން ހާމަވީ 2011ވަނަ އަހަރު ޓައިމްސް އޮފް އިންްޑިއާގައި ޝާއިއު ކޮށްފައިވާ ރިޕޯޓަކުންނެވެ. އެ ރިޕޯޓުގައި ބުނެފައި ވަނީ، ކިމްއަށް ބޮލީވުޑްގެ ގިނަ ފިލްމުތަކެއްގައި ހަރަކާތްތެރިވުމަށް ވަރަށް ގިނަ ފުރުސަތު ލިބުނު ކަމަށެވެ. އެގޮތުން ބައެއް ޕްރޮޑިއުސަރުން ހުށަހެޅި އެ ފުރުސަތާ މެދު ވިސްނައިފައި، އޭނާ އެކްޓު ކުރަން އެންމެ ރަނގަޅު ވާނީ ބޮލީވުޑްގެ ކޮން އެކްޓަރަކާ އެކީގައިތޯ ކިމް ސުވާލު ކުރުމުން، އޭނާއަށް ހުށަހެޅީ މަޝްހޫރު ދެ ތަރިން ކަމަށްވާ ޝާހްރުކް ޚާންއާއި ސަލްމާން ޚާންއެވެ.

އޭގެ ތެރެއިން އެކަކު އިހްތިޔާރު ކުރަން ބުނުމުން ކިމް އެއިރު ބުނީ އެ ދެތަރިންނާ އެކީގައި ވެސް މަސައްކަތް ކުރަން ބޭނުންވާ ކަމަށާއި ނަމަވެސް އެކަކު އިހްތިޔާރު ކުރަން ޖެހޭނަމަ އޭނާ މަސައްކަތް ކުރަން ބޭނުން ވަނީ ސަލްމާން ޚާންއާ އެކު ކަމަށެވެ.

ކިމް އާއި ސަލްމާންގެ އެ ފިލްމުގެ މަސައްކަތް އެއިރު ނުފެށީ ކީއްވެކަމެއް ރިޕޯޓުތަކުން ހާމަކޮށްފައެއް ނުވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!