Saturday, 31 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މަސްވެރިންގެ ދުވަހާ ދިމާކޮށް މިއަހަރު ވެސް ކަނޑުމަތީގެ މުޒާހަރާއެއް

މަސްވެރިންގެ ދުވަހާ ދިމާކޮށް މިއަހަރު ވެސް ކަނޑުމަތީގެ މުޒާހަރާއެއް

ކޮންމެ އަހަރަކު ޑިސެންބަރު 10ވަނަ ދުވަހު ފާހަގަ ކުރަމުން އަންނަ މަސްވެރިންގެ ދުވަހާ ގުޅުވައިގެން މަސްވެރިންގެ ކަންބޮޑުވުންތައް އިއްވުމަށް މުޒާހަރާއެއް ބާއްވަން ނިންމައިފިއެވެ.

މަސްވެރިންގެ ހައްޤުތަކަށް ވަކާލާތު ކުރަމުން އަންނަ ބޮޑު ކަންނެލި މަސްވެރީންގެ ޔޫނިއަން (ބީކޭއެމްޔޫ)އިން މިދިޔަ އަހަރުވެސް މާލޭ ފަޅުގައި މުޒާހަރާ ކޮށްފައި ވެއެވެ. މިދިޔަ އަހަރު މަސްވެރިންގެ ދުވަހާ ދިމާކޮށް ބޭއްވި މުޒާހަރާގައި ގިނަ އަދަދެއްގެ މަސްވެރިންނާ މަސް ދޯނި ވެސް ވަނީ ބައިވެރިފައެވެ. އެ އަހަރު މުޒާހަރާގައި ބައިވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މަސްވެރިންނަށް އެ މީހުން ބާނާ މަހުގެ ހަމަ އަގު ނުލިބުމެވެ.

https://twitter.com/FishermensUnion/status/1466091909256863747?s=20

Advertisement
Ooredoo — Square (box)

ބީކޭޔޫއެމް އިން ބުނީ، މިއަހަރު ވެސް މާލޭ ސަރަހައްދުގައި މުޒާހަރާއެއް އިންތިޒާމް ކުރަން ނިންމައިފައިވާ ކަމަށެވެ. އަދި މުޒާހަރާގައި ބައިވެރިވުމަށް ހުރިހާ ކަންނެލި މަސްވެރިންނަށާއި މަސްވެރިކަމަށް ލޯބި ކުރާ ފަރާތްތަކަށް ދައުވަތު އަރުވައިފައި ވެއެވެ. މިއަހަރު ވެސް މުޒާހަރާއަށް ނިކުންނަން ނިންމައިފައި ވަނީ މިދިޔަ އަހަރުގެ ކަންބޮޑުވުންތައް އަދިވެސް ހައްލު ނުވާތީ ކަމަށް އެ ޔޫނިއަންއިން ބުނެފައި ވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް