Saturday, 7 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ފިހާރަ ފަޅައިލުމުގައި "އަމާންވެށީ"ގެ ކުދިން ބައިވެރިވެފައެއް ނުވޭ: ޖެންޑާ

ފިހާރަ ފަޅައިލުމުގައި "އަމާންވެށީ"ގެ ކުދިން ބައިވެރިވެފައެއް ނުވޭ: ޖެންޑާ

ހއ. ދިއްދޫގައި ހުރި ފިހާރައެއް ފަޅައިލިކަމަށް ބުނާ މައްސަލައިގައި، ދައުލަތުގެ ބެލުމުގެ ދަށުގައި (އަމާންވެށީގައި) ބަލަހައްޓަމުން ދިޔަ ކުދިންގެ ބައިވެރިވުމެއް ނުވާކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

އެނގިފައިވާ ގޮތުގައި ރޭ ދަންވަރު އެ ރަށު "ޝަބްނަމް" ފިހާރަ ފަޅައިލައި ގެންދިޔަ ބައެއް ތަކެތި މިހާރު ވަނީ ހޯދައިފައެވެ. އެ ފިހާރަ ފަޅައިލީ އަމާންވެށިން ނުކުތް ކުދި ބަޔަކާއި އެރަށުގެ ދެ ކުއްޖަކާ ގުޅިގެން ކަމަށް ދިއްދޫން ބައެއް މީހުން ވަނީ މައުލޫމާތު ދީފައެވެ.

މިކަމާ ގުޅިގެން "ދެން"އަށް މައުލޫމާތު ދެއްވަމުން ޖެންޑާ މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރ ރިޒްނާ ޒަރީރު ވިދާޅުވީ، ހދ. ދިއްދޫ ފިހާރައެއް ފަޅައިލި މައްސަލައިގައި "އަމާންވެށީ"ގެ ކުދިންނަށް ކުރާ ތުހުމަތާ ގުޅިގެން، އެ ސާވިސްއިން ބެލިބެލުމުން އެކަމުގައި ކުދިން ބައިވެރިނުވާކަން ކަށަވަރުވެފައިވާ ކަމަށެވެ.

Advertisement
Allied — Dhen Online (box)

"މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން މި ސަރވިސްއަށް ދީފައިވާ މަޢުލޫމާތުގައި، ފިހާރަ ފަޅައިލިކަމަށް ތުހުމަތުކުރެވޭ ކުދިންގެ ތެރޭގައި އަމާންވެށީގެ ކުއްޖަކު ނުހިމެނޭކަމުގެ ޔަގީންކަން ވަނީ ދެއްވައިފައި" ރިޒްނާ ވިދާޅުވިއެވެ.

ރިޒްނާ އިތުރަށް ވިދާޅުވީ، މިހައިތަނަށް މި މައްސަލައިގައި އަމާންވެށީގެ އެއްވެސް ކުއްޖެއްގެ ބައިވެރިވުން ނެތްކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެ ސަރވިސްއަށް މަޢުލޫމާތު ދެއްވައިފައިވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް