Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ނަސާރާ ދީނުގެ ލަވަ ޖެހި މައްސަލަ ބަލަނީ

ނަސާރާ ދީނުގެ ލަވަ ޖެހި މައްސަލަ ބަލަނީ

ހުޅުމާލެ ސެމްޓްރަލް ޕާކުގައި، ނަސާރާ ދީނުގެ ލަވަ ޖެހި މައްސަލަ އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް ހުށަހަޅުއްވައިފިއެވެ.

އެ މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ނަސާރާ ދީނުގެ ލަވައެއް ޖެހި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ފުލުހަށް ހުށަހަޅައިފައިވާ ކަމަށެވެ.

އެފަދަ ކަންކަން ހަރަކާތްތަކުގައި ކުރުމަކީ ޤާނޫނީ ގޮތުން ކުށެއްކަން ހަނދާން ކޮށްދެމުން އިސްލާމް މިނިސްޓްރީން ވަނީ އެކި ހަރަކާތްތައް އިންތިޒާމު ކުރާ ފަރާތްތަކުން އިސްލާމް ދީނާ ހިލާފު ކަންކަން ނުހިނގާނެ ގޮތަށް ކަންކަން އިންތިޒާމުކުރުމަށް އިލްތިމާސްކުރައްވައިފައެވެ.

Advertisement
Ooredoo — Square (box)

ކްލިކް ކޮލެޖުން މިދިޔަ ހުކުރު ދުވަހު ބޭއްވި ހަރަކާތެއްގެ ތެރެއިން ނަސާރާ ދީން ޕްރޮމޯޓުކުރާ ލަވައެއް ޖެހިކަން އާންމުންގެ ސަމާލުކަމަށް އައިސް، އެ ހަރަކާތުގެ ވީޑިއޯތަކެއް ވެސް ވަނީ މީސް މީޑިއާގައި ދައުރުވެފައެވެ.

މިކަމާ ގުޅިގެން އެ ކޮލެޖުން ބުނީ، އެ ލަވަ ޖެހުނީ އޮޅިގެން ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް