Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އޭސީސީގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވައިލައިފި

އޭސީސީގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވައިލައިފި

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުއްވައިލައްވައިފިއެވެ.

މި މަޤާމަށް ކުރިމަތިލުމަށް ހުޅުވާލައްވައިފައި ވަނީ އެ ކޮމިޝަނުގެ މެންބަރަކު ޢިސްތިޢުފާ ހުށަހަޅުއްވައިފައި ވާތީއެވެ. އަދި މި ފުރުޞަތު ހުޅުއްވައިލައްވައިފައި ވަނީ، މިއަދުން ފެށިގެން 16 ޑިސެންބަރު 2021ވާ ބުރާސްފަތި ދުވަހުގެ 12:30ގެ ނިޔަލަށެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި، ކުށުގެ ރެކޯޑް ފޯމު ދޫކުރުމާއި، ފޯމުތަކާއި އިޤްރާރު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ، 2021 ޑިސެންބަރު 15 އަދި 16 ވަނަ ދުވަހު ހެނދުނު 09:30އިން މެންދުރު 12:30އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. އަދި ރައީސް އޮފީހުގެ <a href="https://presidency.gov.mv/Downloads/dv/47">ވެބްސައިޓް</a>އިން ފޯމާއި އިޤްރާރު ޑައުންލޯޑް ކުރެއްވޭނެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް