Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ޖަލުގައި ބަންދު ކޮށްފައި ތިބި ބަނގްލަދޭޝްގެ ބައެއް ރައްޔިތުން ޤައުމަށް ފޮނުވައިލަނީ

ޖަލުގައި ބަންދު ކޮށްފައި ތިބި ބަނގްލަދޭޝްގެ ބައެއް ރައްޔިތުން ޤައުމަށް ފޮނުވައިލަނީ

ރާއްޖޭގެ ޖަލުތަކުގައި ބަންދު ކޮށްފައި ތިބި ބަނގްލަދޭޝްގެ ރައްޔިތުން އަނބުރައި ޤައުމަށް ފޮނުވައިލުމުގެ އެއްބަސްވުމެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.

ބަނގްލަދޭޝްގައި ހުންނަ ރާއްޖޭގެ ސަފީރު މުހައްމަދު ނަޒުމުލް ހަސަންއާ ހަވާލާދީ އެ ޤައުމުގެ ބައެއް ނޫސްތަކުން ބުނެފައި ވަނީ، ރާއްޖޭގެ ޖަލުތަކުގައި ބަނގްލަދޭޝްގެ 100 އެއްހައި ކުށްވެރިން ބަންދު ކޮށްފައި ތިބި ކަމަށާއި އެމީހުން ބަންދު ކޮށްފައި ތިބީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ މައްސަލަތަކާއި މަސްތުވާތަކެތީގެ މައްސަލަތަކުގައި ކަމަށެވެ.

ސަފީރު އިތުރަށް ވިދާޅުވެފައި ވަނީ ބަންދުގައި ތިބި ބަނގްލަދޭޝް މީހުންގެ ތެރެއިން 30 އެއްހައި މީހުން އަނބުރައި އެ ޤައުމަށް ފޮނުވައިލުމުގެ މަސައްކަތް ވަރަށް އަވަހަށް ހަމަޖެހޭނެ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

މިކަމާ ގުޅޭ ގޮތުން އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ހަފްސީ އަބްދުﷲ ވިދާޅުވީ، ބަންދު ކޮށްފައިވާ ބަނގްލަދޭޝްގެ ކުށްވެރިން ޤައުމަށް ފޮނުވައިލާން މަޝްވަރާކުރެވިފައި ވަނީ ޝަރުތުތަކެއް ކަނޑައެޅުމަށް ފަހު އެކަންކަން ފުރިހަމަ ވުމުން ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް