Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އިސްލާމްދީނާ ދެކޮޅު ފޮތެއް ވިއްކާ މައްސަލައެއް ބަލަނީ

އިސްލާމްދީނާ ދެކޮޅު ފޮތެއް ވިއްކާ މައްސަލައެއް ބަލަނީ

އިސްލާމްދީނާ ދެކޮޅު ފޮތެއް ރާއްޖޭގައި ވިއްކާ މައްސަލައެއް އިސްލާމިކް މިނިސްޓްރީން ބަލަން ފަށައިފިއެވެ.

އެނގިފައިވާ ގޮތުގައި މި ފޮތަކީ ކުރީގެ މަޝްހޫރު ލިޔުންތެރިއަކު ލިޔެފައިވާ ފޮތެކެވެ.

މި ފޮތާ ބެހޭ ގޮތުން ޓްވިޓާގައި މީހަކު ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، އޭނާ އެ ފޮތް ގަތީ އެއީ އިސްލާމްދީނާ ބެހޭ މައުލޫމާތު އެކުލެވޭ ފޮތެއް ކަމަށް ހީކޮށް ކަމަށާއި ނަަމަވެސް އެ ފޮތުގައި ހުރީ އިސްލާމްދީނުގެ އުސޫލުތަކާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އަދި ހުރިހާ ދީންތަކެއް އެއްކޮށްލާން އެ ފޮތުގައި ހިތްވަރު ދީފައިވާ ކަަމަށް ވެސް އެމީހާ ބުނެފައިވެއެވެ.

Advertisement
HDC — Sidebar (box)

އެ ޕޯސްޓަށް އިސްލާމިކް މިނިސްޓްރީން ޖަވާބުދާރީވަމުން ވިދާޅުވީ އެ މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަމާ ގުޅޭގޮތުން ބަލަން ޖެހޭ ކަންކަން ބަލާނެ ކަމަށެވެ.

އިސްލާމްދީނާ ދެކޮޅު ވާހަކަތަކެއް ހިމެނޭ މި ފޮތުގެ މައްސަލަ އަމިއްލަ ފަރާތަކުން ވަނީ ފުލުހުންނަށް ވެސް ހުށަހަޅައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް