ޚަބަރު

ސްކޫލެއްގެ ދަރިވަރަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ބަލަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ޖިންސީ ގޯނާއާ ދެކޮޅަށް ކުރި މުޒާހަރާއެއް | ފޮޓޯ/މިހާރު

މާލޭގެ ސްކޫލެއްގައި ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

Ads by Hajj Corporation

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މާލޭގެ ސްކޫލެއްގައި ދަރިވަރަކަށް ހަނގާކޮށް، ޖިންސީ ފުރައްސާރަކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިއަދު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

އެނގިފައިވާ ގޮތުގައި ހަނގާކޮށް، ޖިންސީ ފުރައްސާރަ ކޮށްފައިވާ ފިރިހެން ކުއްޖާއަށް މިވަގުތު ދަނީ މާލޭގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންނެވެ. އެކުއްޖާއަށް ނަފްސާނީ ގޮތުން ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ކުޑަކުދިންނާ ގުޅޭ މައްސަލައަކަށް ވާތީ އެ ކުއްޖާގެ ވަނަވަރާ ގުޅިން ހުރި އެއްވެސް މައުލޫމާތެއް ހިއްސާ ކުރުމަކީ ޤާނޫނީ ގޮތުން ކުށަކަށް ވާތީ، އެފަދަ މައުލޫމާތުތައް ވަނީ ސިއްރު ކުރެވިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!