Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ދުނިޔެ

ދަތުރު ކުރަމުން ދިޔަ ހެލިކޮޕްޓަރު ވެއްޓި އިންޑިއާގެ ޑިފެންސް ޗީފް ޖެނެރަލް މަރުވެއްޖެ

ދަތުރު ކުރަމުން ދިޔަ ހެލިކޮޕްޓަރު ވެއްޓި އިންޑިއާގެ ޑިފެންސް ޗީފް ޖެނެރަލް މަރުވެއްޖެ

އިންޑިއާގެ ޑިފެންސް ޗީފް ޖެނެރަލް ބިޕިން ރަވަތު ދަތުރު ކުރަމުން ދިޔަ ހެލިކޮޕްޓަރެއް މިއަދު ވެއްޓި އޭނާއާއި އޭނަގެ އަންހެނުން މަރުވެއްޖެއެވެ.

ރިޕޯޓުތަކުން ބުނާގޮތުގައި މި ހާދިސާގައި ބިޕިންއާއި އޭނަގެ އަންހެނުންގެ އިތުރުން 11 މީހަކު ވަނީ މަރުވެފައެވެ.

އިންޑިއަން އެއާ ފޯސް (އައިއޭއެފް)އިން މައުލޫމާތު ދީފައިވާ ގޮތުގައި އެ ހެލިކޮޕްޓަރު ވެއްޓުނީ ޓަމިލް ނާޑޫގެ ދެކުނުގައި އޮންނަ ސްޓޭޓަކަށެވެ.

Advertisement
HDC — Sidebar (box)

އައިއޭއެފްއިން ބުނީ އެ ހެލިކޮޕްޓަރު ވެއްޓިފައި ވަނީ އެއާ ފޯސް ބޭސްއިން ޑިފެންސް ސާވުސަސް ސްޓާފް ކޮލެޖަށް ދަތުރު ކުރަމުން ދިޔަ މަގުމަތީގައި ކަމަށެވެ.

މި ހާދިސާ މިހާރު ތަހުގީގު ކުރަމުންދާ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެފައިވެއެވެ.

އިންޑިއާގެ ޑިފެންސް ޗީފް ޖެނެރަލް ބިޕިން ރަވަތު މަރުވުމާ ގުޅިގެން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވަނީ ތައުޒިޔާގެ މެސެޖެއް ރައްދުކޮށްފައެވެ. މޯދީ ބުނީ ބިޕިންއަކީ މިސާލު ނެގޭ ފަދަ އޮފިސަރެއް ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް