Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ސިފައިންގެ މީހާ އަތުން ފޭރެން އޭޓީއެމްތަކަށް ގެންދިޔަ ވާހަކައަކީ ދޮގެއް: ފުލުހުން

ސިފައިންގެ މީހާ އަތުން ފޭރެން އޭޓީއެމްތަކަށް ގެންދިޔަ ވާހަކައަކީ ދޮގެއް: ފުލުހުން

ސިފައިންގެ މީހަކު ރަހީނުކޮށް ފޭރުނުކަމަށް ބުނާ މައްސަލައިގައި، އެމީހާ އަތުން ފޭރެން ވެގެން އޭޓީއެމްތަކަށް ގެންދިޔަ ވާހަކައަކީ ދޮގެއް ކަމަށް ފުލުހުން މިރޭ ވިދާޅުވެއްޖެއެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 18ވަނަ ދުވަހު ހިނގައި ދިޔަ އެ ހާދިސާއާ ގުޅިގެން އެކި ގޮތްގޮތަށް ވަނީ ވާހަކަ ފެތުރިފައެވެ.

އެގޮތުން ސިފައިންގެ މީހާ ރަހީނުކޮށް އޭނާގެ އަތުން ފޭރެން އޭޓީއެމްތަކަށް ގެންގޮސްފައިވާ ކަމަށް ވެސް ކޯޓްގެ އަމުރަކާ ހަވާލާދީ އެކި މީޑިއާތަކުގައި ބުނެފައިވެއެވެ.

Advertisement
Allied — Dhen Online (box)

ނަމަވެސް ފުލުހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އެއީ ކޯޓުން ހޯދި މައުލޫމާތެއް ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ.

ސިފައިންގެ މީހާ ރަހީނުކުރި މައްސަލައާ ގުޅިގެން ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެ މީހުން ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުންނެވެ. ހައްޔަރުކޮށްފައި ވަނީ އުމުރުން 18 އަހަރުގެ ފިރިހެނަކާއި 21 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ ފިރިހެނެކެވެ. އެއީ ހުސް ދިވެހިންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް