ޝަރީފްގެ ރައްދު ރައީސް ޔާމީނަށް: ވާހަކަފުޅު ދެއްކެވީ ތަންދޮރު ނުދަންނަ ޖާހިލެއްހެން
އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބާ ގުޅޭގޮތުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްްޤައްޔޫމް ރޭ ވާހަކަ ދެއްކެވީ ތަންދޮރު ނުދަންނަ ޖާހިލެއްހެން ކަމަށް ވިދާޅުވެ އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަޙްމަދު ޝަރީފު ރައީސް ޔާމީނަށް ފާޑުވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕީޕީއެމްއިން ރޭ ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ޝަރީފަކީ ޚާއިނެއް ކަމަށާއި 2018ވަނަ އަހަރު އިންތިހާބު އޮޅުވައިލި ގޮތް ސާފު ކޮށްދެއްވާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ވެރިކަން ބަދަލުވެ ދިޔަ ގޮތާއި އިންތިހާބުގެ އޮޅުވައިލުންތައް ދައުލަތުގެ މުއައްސަސާތަކުގެ ވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ ކަމަށާއި ހާއްސަކޮށް އަސްކަރިއްޔާގައި އިސްކޮށް ތިއްބެވި ބޭފުޅުންގެ ދައުރު އެކަމުގައި ބޮޑު ކަަމަށެވެ.
"ވެރިކަން ބަދަލުވެގެން ދިޔަ ގޮތް އިންތިޚާބު ބަދަލުވެގެން ދިޔަ ގޮތް ނޭނގޭނެ އެއްވެސް މުއައްސަސާއެއްގެ އިސް މީހަކު ނުހުންނާނެ. އެ މީހުން މިއަދު ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭ. ﷲގެ ރަހުމަތުން މޭޒުގެ އަނެއްކޮޅުގައި ޕީޕީއެމް ތިބޭ ދުވަހަކުން މިކަމުގެ ހަގީގަތް އެނގޭނެ. ރައްޔިތުންނަށް އެކަން އެނގޭނެ" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީންގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން ޝަރީފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތު އެންމެން ކުރިމަތީގައި ވޯޓުލައި، ވޯޓު ގުނައި، ސާފު ވޯޓަކުން ބަލިވީމަ ބަލި ޤަބޫލު ނުކޮށް ޕޯޑިއަމްއަށް އަރައި ހުރެ މާ "ކޫލް ކަމެއް" ކަމަށް ހީކޮށް ތަންދޮރު ނުދަންނަ ޖާހިލެއްހެން ހިތަށް އެރިހާ އެއްޗެއް ކިޔުމަކީ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު ކުރައްވަން މާ ރީތި ކަމެއް ނޫން ކަމުގައެވެ.
2018ގެ ރިޔާސީ އިންތިޚާބާއި 2019ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިޚާބު ވެސް ކުރިއަށް ގެންދެވި ޝަރީފް މިހާރު ހުންނެވީ ވަޒީފާއެއް ނެތިއެވެ. މައުލޫމާތު ލިބޭ ގޮތުގައި ސްޓެލްކޯގެ އެމްޑީއަކަށް ޝަރީފް އައްޔަންކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޙޯއް.
ދެންގޮވާނެ އަމައޭވެސް. މާތް ﷲ ތި ޣައްދާރުންނަށް ނުބައި ނިމުމެއް މިންވަރު ކުރައްވާށި! އާމީން