Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އިންތިހާބުގެ ނަތީޖާ ފޯރުކޮށްދިނީ ރައްޔިތުން ނިކުމެ ވޯޓްލީ ގޮތަށް:އަކްރަމް

އިންތިހާބުގެ ނަތީޖާ ފޯރުކޮށްދިނީ ރައްޔިތުން ނިކުމެ ވޯޓްލީ ގޮތަށް:އަކްރަމް

2018ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާ ފޯރުކޮށްދިނީ ރައްޔިތުން ނިކުމެ ވޯޓްލީ ގޮތަށް ކަމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަޙްމަދު އަކްރަމް ވިދާޅުވެއްޖެއެވެ.

އެ އިންތިހާބުގެ ފަހުން ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި ޕީޕީއެމްގެ ގިނަ ފަރާތްތަކުން ވަނީ އިންތިހާބުގެ ސައްޙަކަމާ މެދު ސުވާލު އުފައްދަވައިފައެވެ. އެގޮތުން އިންތިހާބުގެ އެ ނަތީޖާއާ މެދު ދެކޮޅުހަދައި، އެތައް ދުވަހަކު އިހުތިޖާޖު ވެސް ކުރިއެވެ. އަދި އީސީގެ އެއިރުގެ ރައީސް އަޙްމަދު ޝަރީފަށް ވަރަށް ބޮޑަށް ފާޑުކިޔައި، އެތައް ތުހުމަތުތަކެއް ވެސް ކުރިއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ޕީޕީއެމްއިން ކާނިވާ ސަރަޙައްދުގައި ބޭއްވި ޖަލްސާގައި ވަނީ އެ ތުހުމަތުތައް އައު ކުރައްވައި، ޝަރީފަކީ ޚާއިނެއް ކަމަށް ވެސް ވިދާޅުވެފައެވެ.

Advertisement
Allied Insurance — Square (box)

ރިޔާސީ އިންތިހާބު އޮޅުވައިލިކަމަށް ބުނާ މައްސަލަ އަލުން ތަހުގީގު ކުރުމަށް އިދިކޮޅު ކޯލިޝަނުން މިއަދު ވަނީ ގޮވައިލައި ބަޔާނެއް ނެރެފައެވެ. އަދި އިންތިހާބާ ގުޅިގެން އުފެއްދި ތުހުމަތުތަކާ ގުޅިގެން ފުލުހުން ކުރިއަށް ގެންދިޔަ ތަހުގީގުގެ ބަޔާންތަކެއް ކަމަށް ބުނާ ބަޔާންތަކެއް ވެސް އިއްޔެ ވަނީ އާންމުވެފައެވެ.

އިންތިހާބު އޮޅުވައިލި ކަމަށް ބުނެ ދެކެވެމުންދާ ވާހަކައާ ގުޅިގެން އަކްރަމް މިއަދު ވިދާޅުވީ އިންތިހާބުގެ ނަތީޖާ ރައްޔިތުންނަށް ފޯރުކޮށް ދިނީ ބަދަލުކުރުމަކާ ނުލާ ރައްޔިތުން ވޯޓުލީ ގޮތަށް ކަމަށެވެ.

"ﷲ ގަންދީ ބުނަމެވެ. އެ އިންތިހާބުގެ ނަތީޖާ ރައްޔިތުންނަށް ފޯރުކޮށް ދިނީ ބަދަލުކުރުމަކާއި ނުލާ ރައްޔިތުން ވޯޓުލީ ގޮތަށެވެ. ދުލާއި ގަލަމުގެ ބޭނުން ތެދު ގޮތުގައި ނޫނީ ނުހިފާށެވެ. ﷲގެ އަޒާބަށް ބިރުވެތިވާށެވެ،" އީސީގެ ކުރީގެ ނައިބު ރައީސް ކުރެއްވި ޓްވީޓެއްގައިވެއެވެ.

ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި އީސީގެ ކުރީގެ ރައީސް ޝަރީފަށް ތުހުމަތުތަށް ކުރުމަށް ފަހު، ރައީސް ޔާމީން ވިދާޅުވީ ވެރިކަން ބަދަލުވެ ދިޔަ ގޮތާއި އިންތިހާބުގެ އޮޅުވައިލުންތައް ދައުލަތުގެ މުއައްސަސާތަކުގެ ވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ ކަމަށާއި ހާއްސަކޮށް އަސްކަރިއްޔާގައި އިސްކޮށް ތިއްބެވި ބޭފުޅުންގެ ދައުރު އެކަމުގައި ބޮޑު ކަަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް