Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ހުޅުމާލޭގެ ރެޖިސްޓްރީ ބާތިލް ކުރީ ޤާނޫނާ ޚިލާފަށް: އެލްޖީއޭ

ހުޅުމާލޭގެ ރެޖިސްޓްރީ ބާތިލް ކުރީ ޤާނޫނާ ޚިލާފަށް: އެލްޖީއޭ

މާލެ ސިޓީ ކައުންސިލުން ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރުމަށް ނިންމި ނިންމުމަކީ ޤާނޫނާ ޚިލާފު ނިންމުމެއް ކަމަށް ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ލޯކަލްގަވަރުމަންޓު އޮތޯރިޓީ (އެލްޖީއޭ)އިން ނިންމައިފިއެވެ.

ލޯކަލްގަވަރުމަންޓު އޮތޯރިޓީގެ ބޯޑުން މިމަހުގެ 9ވަނަ ދުވަހު ބޭއްވި ޖަލްސާގައި ނިންމައިފައި ވަނީ، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން އަތުން، ހުޅުމާލެ ފޭސް އެކެއް އަދި ދޭށް އަތުލަން ނިންމި ނިންމުމަކީ ޤާނޫނީ ގޮތުން މާލެ ސިޓީ ކައުންސިލަށް ލިބިގެންވާ ބާރެއް ނޫންކަމަށެވެ. މިގޮތަށް އެލްޖީއޭއިން ނިންމައިފައި ވަނީ، މި މައްސަލަ ބަލައިދިނުމަށް އެޗްޑީސީއިން ހުށަހެޅުމުންނެވެ.

އެލްޖީއޭގެ ބޯޑުން ނިންމީ ހުޅުމާލޭގެ ރަޖިސްޓްރީއާ ގުޅޭގޮތުން ސިޓީ ކައުންސިލުން ނިންމި ނިންމުމަށް އަމަލުކުރުން މަޑުޖައްސާލުމަށާއި ސިޓީ ކައުންސިލުން އެ ނިންމުން ނިންމައިފައިވާ ގޮތުގެ އިންކުއަރީއެއް ހެދުމަށެވެ.

Advertisement
HDC — Sidebar (box)

ހުޅުމާލެ ރަޖިސްޓްރީ ބާތިލުކުރަން ނިންމީ ލާމަރުކަޒީ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ސިޓީ ކައުންސިލްގެ އިޚުތިސާސްގައި ހުޅުމާލެ ކަނޑައަޅާފައި އޮތުމުން ކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއެވެ. ރެޖިސްޓްރީ ބާތިލް ކުރަން، ޕީޕީއެމްގެ މެޖޯރިޓީ އޮންނަ ސިޓީ ކައުންސިލަށް ހުށަހަޅައިފައި ވަނީ، ޕީޕީއެމްއިން ހިޔާ މަޝްރޫއު ސަރަަހައްދުގައި ބާއްވަން އުޅުނު ޖަލްސާއަށް އެޗްޑީސީން ހުރަސް އަޅައިފައި ވަނިކޮށެވެ.

ސިޓީ ކައުންސިލްގެ ނިންމުމާ ގުޅިގެން އެޗްޑީސީއަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދަން ސިޓީ ކައުންސިލުގެ މައްޗަށް އެޗްޑީސީއިންވަނީ ސިވިލް ކޯޓުގައި ދައުވާ އުފުލައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް