ކޮވިޑް-19 އަސަރުތައް ފެނުމުން ދިއްލޭ މާސްކެއް!

ޖަޕާނު އުޅެނީ 2040ގައޭ މީގެ ދިހަ އަހަރު ކުރިން ވެސް މީހުން ބުނަމުން ދިޔައެވެ. ސަބަބުތަކެއް ނެތިއެއް ވެސް ނޫނެވެ. ޖަޕާނުގެ ހަމަ އެހައި ވެސް ތަރައްޤީއެވެ. އީޖާދު ކުރުމުގައި އެ ވަރެއް ނެތެވެ. މިފަހަރު ވެސް ޖަޕާނުގެ އައު އީޖާދެކެވެ. މިފަހަރު ކޮވިޑް-19 އަސަރުތައް ފެނުމުން ދިއްލޭ މާސްކެވެ.
ޖަޕާނުގެ ކިޔޯޓޯ ޕްރިފެކްޗަރަލް ޔުނިވާސިޓީގެ ރިސާޗަރުން އުފައްދައިފައިވާ މި މާސްކްގައި ކޮވިޑް-19 އަސަރު ފެނުމާއެކު ދިއްލޭނެއެވެ. މި މާސްކްގެ އެހީގައި، އެމީހަކު ކޮވިޑް-19 ޖެހުމުން ނުވަތަ ކޮވިޑް-19 ޖެހިފައިވާ މީހަކާ ބައްދަލުވުމުން އެކަން އަންގައިދޭނެވެ.
ހުރިހާ ކަމެއް ރަނގަޅަށް ގޮސް، ސަރުކާރުގެ ރުހުން ލިބިއްޖެ ނަމަ، 2022ވަނަ އަހަރު އަންނަންވާ އިރަށް މި ކޮވިޑް-19 ޑިޓެކްޓިން ފްލޮރިސެންޓް މާސްކް ބާޒާރުން ލިބެން ހުންނާނެއެވެ.
މި މާސްކުގައި ވަރަށް ހާއްސަ ދެ އިންގްރީޑިއަންޓެއް އެކުލެވިގެން ވެއެވެ. އެއީ އޮސްޓްރިޗް ބިސް އަދި ފްލޮރިސެންޓް ޑައިއެވެ.

ކޮވިޑް-19 އަސަރުތައް ފެނުމުން މި މާސްކް ދިއްލޭ
އޮސްޓްރިޗަކީ ހަށިގަނޑަށް އެތެރެވާ ބޭރުގެ ތަކެތި ނައްތާލަން ތަފާތު އެތައް އެންޓިބޮޑީއެއް އުފެއްދުމުގެ ގާބިލްކަން ލިބިފައިވާ އެއްޗެކެވެ. މިކަންކަމަށް ރިއާޔަތްކޮށް، މި ޓީމުން ވަނީ ބިސްތަކުން ކޮރޯނާ ވައިރަސް އެންޓިބޮޑީސް ވަކިކޮށް، ފްލޮރިސެންޓް ޑައިއަކުން ސްޕްރޭކޮށްފައެވެ. މިގޮތަށް ކަންތައް ކުރުމުން، މި އެންޓިބޮޑީސްއަށް ވައިރަސް ޖެހުމުން، ދިއްލޭނެއެވެ. މިތަކެތި ބޭނުނުްކޮށް އެ ކުންފުނިން ވަނީ މާސްކް ފިލްޓަރެއް ތައްޔާރުކޮށްފައެވެ. ވައިރަސްއާ ކޮންޓެކްޓްވެއްޖެ ނަމަ، ޔޫވީ ލައިޓެއްގެ ދަށުން މާސްކު އަލިގަދަކޮށް ދިއްލާލާނެއެވެ.
ތިޔައީ ކޮންމެ ގޮތެއްވިޔަސް ވަރަށް މޮޅު މާސްކެއް
ތިފަދަ ކޮލިޓީ މާސްކު ކިހާދުވަހަކުން އަހަރުމެންނަން ލިބޭނެބާ ؟
ފަހުން 50/ ލާރިއަށް ލިބޭނެ! އެކަމަކު، ފުރަތަމަ ގެންނަކޮޅު މާލޭ ވިޔަފާރިވެރިން ތިޔައިގެ މާސްކެއް ވިއްކާނީ 5000.00 ރ ކަމަށް ބެލެވެނީ!
ތެދު ހަބަރު ލިޔަން ކަލޭމެން ވަރެއް ނެތް ޔާމީނު އެހެން ބުނެގެން ތިތިބީ ވަރަށް ހެދިފައި ދޯ