Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ވައްކަރު ރިސޯޓުގައި އަލިފާން ރޯވެއްޖެ

ވައްކަރު ރިސޯޓުގައި އަލިފާން ރޯވެއްޖެ

ބ. އަތޮޅުގައި އޮންނަ ވައްކަރު ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެނގިފައިވާ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގައިފައި ވަނީ އެ ރިސޯޓުގެ ލެގޫން ބާގައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ވައްކަރު ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓު މިއަދު މެންދުރު 12:30ހައިއިރު ލިބިފައިވާ ކަމަށެވެ.

Advertisement
Allied Insurance — Square (box)

މި ހާދިސާގެ ބައެއް ފޮޓޯތައް މިހާރު މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ވައްކަރު ރިސޯޓުގެ ލެގޫން ބާގައި ވަރަށް ބޮޑަށް ވަނީ ހުޅުހިފައިފައެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ވެފައެއް ނުވެއެވެ.

އެތަނުގައި ރޯވި އަލިފާންގަނޑު އެ ރިސޯޓުގެ މުވައްޒަފުން މިހާރު ވަނީ ނިވައިލައިފައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

އަލިފާން ރޯވާން ދިމާވި ސަބަބު އަދި ދެނެގަނެވިފައި ނުވާ ކަމަށާއި އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް