Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ރައްޔިތުންގެ މަޖިލިސް

އޭސީސީ މެންބަރުން ވަކި ކުރަން ދައުރުން ބޭރުން ޖަލްސާއެއް ބާއްވަނީ

އޭސީސީ މެންބަރުން ވަކި ކުރަން ދައުރުން ބޭރުން ޖަލްސާއެއް ބާއްވަނީ

އެކަށީގެންވާ ނަތީޖާއެއް ނުނެރެވޭތީ ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރުން ވަކި ކުރަން ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން މަޖިލީހުގައި އެދެން ވެރިކަން ކުރާ އެމްޑީޕީއިން ނިންމައިފިއެވެ.

މިރޭ ބޭއްވި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ބައްދަލުވުމަށް ފަހު އެމްޑީޕީގެ ޕީޖީ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން އެދެން ނިންމަވައިފައިވާ ކަމަށެވެ. ނަމަވެސް އެ ޖަލްސާއަށް އެދެނީ ކީއްވެ ކަމެއް ހާމަކުރައްވައިފައެއް ނުވެއެވެ.

"ދެން"އަށް އިތުބާރު ހުރި މަސްދަރަކުން ހާމަވެފައިވާ ގޮތުގައި، މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ އޭސީސީ މެންބަރުން ވަކި ކުރުމަށެވެ. މިރޭގެ ޕީޖީެ ކުއްލި ބައްދަލުވުމުން ފާސްވީ އޭސީސީގެ ހުރިހާ މެންބަރުން ވަކި ކުރުމަށެވެ.

Advertisement
Allied — Dhen Online (box)

އޭސީސީގެ މެންބަރުންގެ މަސައްކަތްތަކުގެ ޕާފޯމަންސް އޮޑިޓެއް ހެދުމަށް ފަހު، އެ ބޭފުޅުން މަގާމުން ވަކި ކުރުމަށް ފެންނަކަމަށް މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ ނިންމަވައިފައެވެ.

މި ނިންމެވުމާ ގުޅިގެން އޭސީސީއިން މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މަސައްކަތުގެ ސްޕީޑް ރަނގަޅުވާނީ މިނިވަންކަމާ އެކު މަސައްކަތް ކުރުމުގެ ފުރުސަތުތައް ދީގެން ކަމަށެވެ. އޭސީސީން ވަނީ މި އަންނަ އަހަރުގެ ބަޖެޓުގައި އިތުރަށް ފައިސާ ބޭނުންވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މަޖިލީހުން ވަނީ ބަޖެޓްގައި އެބައި ހިމަނައިދީފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް