ޚަބަރު

އޭސީސީގެ މެންބަރުކަމުން ޝަކީލް އިސްތިއުފާ ދެއްވައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
އޭސީސީ މެމްބަރ އިބްރާހިމް ޝަކީލް / ދެން އިމޭޖްސް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުކަމުން އިބްރާހިމް ޝަކީލް އިސްތިއުފާ ދެއްވައިފިއެވެ.

Ads by Sosun Fihaara

"ދެން"އަށް އެނގިފައިވާ ގޮތުގައި އޭސީސީގެ މެންބަރުކަމުން ޝަކީލް އިސްތިއުފާ ދެއްވިކަމުގެ ސިޓީ މިއަދު ވަނީ ހުށަހަޅުއްވައިފައެވެ.

އެނގިފައިވާ ގޮތުގައި ޝަކީލް އިސްތިއުފާ ދެއްވައިފައި މިވަނީ، އޭސީސީގެ މެންބަރުން ވަކިކުރުމުގެ މަސައްކަތް ފަށައިފައިވާތީއެވެ.

ޝަކީލްގެ ކުރިން އެ ކޮމިޝަނުގެ މެންބަރުކަމުން އަލީ އަޝްރަފް ވެސް ވަނީ އިސްތިއުފާ ދެއްވައިފައެވެ.

އަޝްރަފްއާއި ޝަކީލްގެ އިސްތިއުފާއަށް ފަހު، މިހާރު އެ ކޮމިޝަންގެ މެންބަރުންގެ ގޮތުގައި ތިއްބެވީ އެ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާއާއި، ނައިބު ރައީސް ފާތިމަތު އަނޫލާ އަދި މެންބަރު އާއިޝަތު ޢަބްދުﷲއެވެ.

އޮޑިޓް އޮފީހުން ތައްޔާރުކޮށްފައިވާ ޕާފޯމަންސް އޮޑިޓެއްގެ މައްޗަށް ބިނާކޮށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމައިފައި ވަނީ އޭސީސީގެ ހުރިހާ މެންބަރުން ވަކިކުރުމުގެ މަސައްކަތް ފެށުމަށެވެ. އެކަމަށް ޓަކައި ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ވެސް ސަރުކާރު ހިންގާ އެމްޑީޕީން އަންނަނީ މަސައްކަތް ކުރަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!