ޚަބަރު

ޤުރުއާންގެ އާޔަތްތައް ފޮތްތަކުން އުނިކުރަން އެޑިޔުކޭޝަނުން އެންގި ލިޔުން އާންމުވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ފޮޓޯ ޕީއެސްއެމް

ކުރިއަށް އޮތް 2022-2023ގެ ދިރާސީ އައު އަހަރަށް ޗާޕު ކުރާ އިސްލާމް އަދި ޤުރްއާން ފޮތްތަކުގައި ޤުުރްއާނުގެ އާޔަތްތައް ނުހިމެނުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގަވައިފައިވާ ލިޔުން އާންމުވެއްޖެއެވެ.

Ads by STELCO

އިސްލާމާއި ގުރުއާން ފޮތް ޗާޕުކުރާއިރު އެ ފޮތްތަކުގައި މިހާރު ހުރި ގުރުއާންގެ އާޔަތްތައް އުނިކުރަން އެޑިއުކޭޝަން މިނިސްޓްރީން އަންގަވައިފައިވާ ކަމަށް ދެކެވޭ ވާހަކަތައް އެ މިނިސްޓްރީން މީގެ ކުރިން ވަނީ ދޮގުކޮށްފައެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރ މޫސާ އާދަމް ސޮއިކޮށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ޝަކީބަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ ގްރޭޑް 1އިން 12ގެ އިސްލާމާއި ޤުރްއާން ފޮތްތަކުގައިވާ ޤުރްއާންގެ އާޔަތްތައް އުނިކުރުމަށެވެ.

އެ ސިޓީގައި އިތުރަށް ބުނެފައި ވަނީ އެ ފޮތްތަކުން ޤުރްއާންގެ އާޔަތްތައް އުނިކޮށް، އާޔަތް ލިޔުމުގެ ބަދަލުގައި ޤުރްއާނުގެ އާޔަތުގެ ނަންބަރު ލިޔެ، ޚަތިމަށް ރިފަރެންސް ދޭ ގޮތަށް ހަމަޖެއްސުމަށެވެ.

ދިރާސީ އަހަރަށް ޗާޕުކުރާ އިސްލާމާއި ގުރުއާން ފޮތް ޗާޕުކުރާއިރު އެ ފޮތްތަކުގައި ގުރުއާންގެ އާޔަތްތައް އުނިކުރަން އެޑިއުކޭޝަން މިނިސްޓްރީން އަންގަވައިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވިދާޅުވެ އެކަމާ ފުރަތަމަ ކަންބޮޑުވުން ފާޅުކުރެއްވީ ޖަމިއްޔަތުއްސަލަފުގެ ރައީސް ޝައިޚް އަބްދުﷲއެވެ.

Ads by Ooredoo
  1. އިބްރާހިމް

    އިސްލާމްދީނާއި ފުށުއަރާ ކިތަށް ކަންތަށްތޯ މި ސަރުކާރުން ހިންގަމުން ނިދަނީ؟ ރައްޔިތުން މި ތިބެނީ ކިހިނެތްވެފައތޯ؟

    • އަދިވެސް

      މިހާރު ތިކަންތަށް އާކަމަކަށްނުވޭ. ކޮންމެ ގޮތެއްވެސް ވަރިހަމަ ބަޔަކު އެބަތިބި އެމީހުން ތިބީ ހަފޮޅުން އެތެރޭގަ އެހެންވީމާ ވާނެ ހަޔެތިމިވަނީ

  2. އިބްރާހިމް

    އިސްލާމްދީނާއި ފުށުއަރާ ކިތަށް ކަންތަށްތޯ މި ސަރުކާރުން ހިންގަމުން މިދަނީ؟ ރައްޔިތުން މި ތިބެނީ ކިހިނެތްވެފައތޯ؟