އަރަބިއްޔާގެ މައްސަލައާ ގުޅިގެން ބެލެނިވެރިން ހިމޭން އިހުތިޖާޖެއްގައި

ރާއްޖޭގައި އަރަބި މަންހަޖަށް ކިޔަވައިދޭ ހަމައެކަނި ސްކޫލު ، އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ (އަރަބިއްޔާ ސްކޫލް)އަށް ދިމާވެފައިވާ މައްސަލަތަކާ ގުޅިގެން އަވަސް ހައްލެއް ނުލިބުމުން، އެ ސްކޫލުގެ ގިނަ އަދަދެއްގެ ބެލެނިވެރިން ހިމޭން އިހުތިޖާޖަކަށް ނުކުމެއްޖެއެވެ.
އަރަބިއްޔާ ސްކޫލް ހިންގަމުން އަންނަ އިމާރާތުގައި ވަރަށް ބޮޑަށް ރެނދުލައި ހަލާކުވުމުގެ ސަބަބުން، ބެލެނިވެރިން ވަނީ އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގައި ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެކަމުގެ ހައްލެއްގެ ގޮތުގައި އެ މިނިސްޓްރީން އެންމެ ފަހުން ނިންމީ އިއްޒުއްދީން ސްކޫލުގައި އަރަބިއްޔާގެ ދަރިވަރުންނަށް ވަގުތީ ގޮތުން ކިޔަވައިދެވޭނެ އިންތިޒާމު ހަމަޖައްސައި، ހުޅުމާލޭގައި ވެސް އަރަބިއްޔާ ސްކޫލުގެ ދަރިވަރުންނަށް އިމާރާތެއް ހާއްސަ ކުރުމުގެ އިތުރުން މިހާރު ބޭނުން ކުރަމުންދާ އިމާރާތް މަރާމާތުކޮށް، އެ އިމާރާތް ވެސް އަރަބިއްޔާގެ ބޭނުންތަކަށް ދިނުމަށެވެ.
ނަމަވެސް އަރަބިއްޔާ ސްކޫލުގެ ގިނަ ބެލެނިވެރިން ބުނެފައި ވަނީ އަރަބިއްޔާ ސްކޫލްގެ ދަރިވަރުން އިއްޒުއްދީން ސްކޫލަށް ބަދަލު ކުރަން އެޑިއުކޭޝަނުން ނިންމި ނިންމުން ޤަބޫލު ނުކުރާ ކަމަށެވެ. ސަބަބެއްގެ ގޮތުގައި ބުނެފައި ވަނީ، އެހެން ސްކޫލަކާ އެކު ޝެއާ ކޮށްގެން ތައުލީމު ހާސިލު ކުރުމަކީ ދަތިކަމަކަށް ވުމުގެ އިތުރުން، އިއްޒުއްދީން ސްކޫލުގައި އަރަބިއްޔާގެ ހުރިހާ ދަރިވަރުންނަށް ތައުލީމު އުނގަންނައި ދެވޭ ވަރަށް ޖާގަ ނެތުން ކަމުގައި އެ ސްކޫލުގެ ޕީޓީއޭއިން ބުނެފައިވެއެވެ.
[caption id="attachment_131116" align="alignnone" width="1280"]<img class="wp-image-131116 size-full" src="https://cdn.dhen.mv/wp-content/uploads/2021/12/photo_2021-12-17_17-47-52.jpg" alt="" width="1280" height="591" /> އަރަބިއްޔާ ސްކޫލަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް އެދި ކުރަމުންދާ އިހުތިޖާޖު[/caption]
ހުޅުމާލެއިން އިމާރާތެއް ދެއްވަން އެޑިއުކޭޝަނުން ބުނެފައި އެވަނީ، އެ ސްކޫލުގެ ގިނަ ދަރިވަރުންނާއި ޓީޗަރުން ވެސް މިހާރު ހުޅުމާލެއަށް ބަދަލުވެފައި ވުމުން، މާލެއަށް އައުމަށް ދަތިކަމާ ކުރިމަތިވާނެ ކަމަށް މިނިސްޓްރީގައި ދަންނަވައި، އަރަބި ކިޔަވައިދޭ އިތުރު ސްކޫލެއް ހުޅުމާލޭގައި ގާއިމުކޮށްދިނުމަށް ބެލެނިވެރިން ކުރިން އެދުނު އެދުމާ ގުޅިގެން ކަމަށެވެ.
އަރަބިއްޔާ ސްކޫލަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދައި ދިނުމަށް ގޮވައިލައި، އެ ސްކޫލުގެ ދޮރުމަތީގައި އަރަބިއްޔާގެ ގިނަ އަދަދެއްގެ ބެލެނިވެރިން ވަނީ މިއަދު ހަވީރު އިހުތިޖާޖެއް ކޮށްފައެވެ. އެ އިހުތިޖާޖުގައި ބެލެނިވެރިން ގޮވައިލައިފައި ވަނީ ވަގުތީ ގޮތުން ކިޔަވަން ދާން އެކަށީގެންވާ އިމާރާތެއް ދެއްވުމަށާއި ކުދިންގެ ހައްޤުތައް ނިގުޅައި ނުގަތުމަށެވެ.





.webp)
ކޮމެންޓް