ޚަބަރު ސިޔާސީ

ކޮމަންޑޫ ދާއިރާގެ ޕްރައިމަރީއަށް އެމްޑީޕީން ހުޅުވައިލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި، ވެރިކަން ކުރާ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަން ފުރުސަތު ހުޅުވައިލައިފިއެވެ.

Ads by Sosun Fihaara

އެމްޑީޕީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ޕާޓީގެ ޓިކެޓުގައި ވާދަ ކުރާނެ ކެނޑިޑޭޓެއް ހޮވަން ބާއްވާ ޕްރައިމަރީ މި މަހު 27ވަނަ ދުވަހު އޮންނާނެ ކަމަށެވެ. އަދި އެކަމަށް އެދޭ ފޯމު އަންނަ އަންގާރަ ދުވަހުގެ ކުރިން ހުށަހެޅުމަށް ވެސް ބުނެފައިވެއެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެންބަރު ޙުސެއިން ވަހީދު އަވަހާރަވުމާ ގުޅިގެންނެވެ. އެމަނިކުފާނު އެ ބަލީގައި ދެ އަހަރަށް ވުރެ ގިނަ ދުވަސް ހޭދަ ކުރެއްވިއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުގައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!