ޚަބަރު

ހައްލެއް ނުލިބެނީސް މަސައްކަތް ހުއްޓައެއް ނުލާނަން: ބެލެނިވެރިން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އަރަބިއްޔާ ސްކޫލަށް ދިމާވެފައިވާ މައްސަލައިގައި އިއްޒުއްދީން ސްކޫލަށް ދަރިވަރުން ބަދަލު ކުރުމަކީ އިޚްތިޔާރެއް ނޫން ކަމަށާއި، އެ މައްސަލައަށް ހައްލެއް ނުލިބެނީސް މަސައްކަތް ހުއްޓައި ނުލާނެ ކަމަށް އަރަބިއްޔާ ސްކޫލްގެ ބެލެނިވެރިން މިއަދު ބުނެފިއެވެ.

Ads by STELCO

އަރަބިއްޔާ ސްކޫލަކީ ރާއްޖޭގައި މިވަގުތު ހުރި އަރަބި މީޑިއަމްއަށް ކިޔަވައިދޭ ހަމައެކަނި ސްކޫލެވެ.

ފާއިތުވީ އަށް އަހަރު އެ ސްކޫލުން ބޭނުން ކުރަމުން ދިޔަ އިމާރާތް ވަރަށް ބޮޑަށް ރެނދުލައި ހަލާކުވުމުން، އެޑިއުކޭޝަން މިނިސްޓްރީން ނިންމަވައިފައި ވަނީ އަންނަ މަހުގެ 16 ގައި ފަށާ ދެ ވަނަ ޓާމަށް ވަގުތީ ގޮތުން އެ ދަރިވަރުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރާށެވެ.

ނަމަވެސް އެހެން ސްކޫލަކާ ހިއްސާ ވެގެން، އަރަބި މީޑިއަމަށް ކިޔަވާ ދަރިވަރުން ކިޔެވުމަކީ ފަސޭހަވާނެ ކަމެއް ނޫން ކަމަށް ބުނެ އަރަބިއްޔާގެ ބެލެނިވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެގޮތުން އެ ސްކޫލުގެ ޕޭރެންޓް ޓީޗާސް އެސޯސިއޭޝަން (ޕީޓީއޭ)އާ އެކު އެ ސްކޫލުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ހަވީރު ބައްދަލުވުމެއް ކުރިއަށްގެންދަނިކޮށް، ބައެއް ބެލެނިވެރިން ވަނީ ސްކޫލް ބޭރުގައި އަނެއްކާ ވެސް މުޒާހަރާ ކޮށްފައެވެ.

މިއަދުގެ ބައްދަލުވުމުގައި އަރަބިއްޔާ ސްކޫލްގެ ޕީޓީއޭގެ ނައިބު ރައީސް އައިޝަތު ޝާދިޔާ ވިދާޅުވީ އިއްޒުއްދީން ސްކޫލުގައި ތިބި 200 އެއްހައި ދަރިވަރުން އެހެން ސްކޫލުތަކަށް ބަދަލުކުރުމަށް ފަހު، އިއްޒުއްދީން ހަމައެކަނި އަރަބިއްޔާއަށް ދީފިނަމަ އެކަން ގަބޫލުކުރާނެ ކަމަށެވެ.

"އަރަބިއްޔާ ސްކޫލެއް ނޫން އަބަދު ބިކަވާން ޖެހޭނީ. އަބަދު އަރަބިއްޔާ ސްކޫލެއް ނޫން، ސްކޫލު އިމާރާތުން ނުކުންނަން ޖެހޭނީ. އަޅުގަނޑުމެން މަންދު ކޮލެޖުގައި އުޅެފިން. ކުދިން ވަރަށް ދަތިހާލުގައި ކިޔަވަމުން ދިޔައީ. އެ އިހުސާސްތައް ދެ ވަނަ ފަހަރަށް ތަޖުރިބާކުރާކަށް ނެތިން" ޝާދިޔާ ވިދާޅުވިއެވެ.

ބެލެނިވެރިންގެ މި ކަންބޮޑުވުންތަކާ ގުޅިގެން މިނިސްޓަރ ވިދާޅުވީ އަރަބިއްޔާއަށް ދެރަ ގޮތެއް ނުވާނެ ކަމަށެވެ.

"އަދި އޮތް ނިންމުމަކީ އެއީ (އިއްޒުއްދީން ސްކޫލް ބޭނުންކުރުން) މިއަދު ހިއްސާކޮށްލައިފިން. ކުރީގައި ހަމަ އޮތް ނިންމުން މި އޮތީ" އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ މާލެއިން އަރަބިއްޔާއަށް ބިމެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނައިރު، މި ހަފުތާގެ ތެރޭގައި އެކަމަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

Ads by HDC
  1. ި ޚަބިލި

    ތިޔަވިދާޅުވި 2 ސްކޫލުއަޅާ ވާހަކަ އަށް މާދަމާ އޮޅިވަޑައިގެން މާފަކަށް ނޭދޭނެބާ ތީއޮޅޭފަދަ ކަމެއް

  2. މިކަމަށް ހަލެއް ހޯދުމަށް މިސަރުކާރުން ނުލޭނެ!!!…
    އިބޫ އިސްތިއުފާ