Saturday, 7 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އަރަބިއްޔާގެ އައު އިމާރާތް ބައު ޖަމާލުއްދީން ބިމުގައި އަޅަން ރައީސް ނިންމަވައިފި

އަރަބިއްޔާގެ އައު އިމާރާތް ބައު ޖަމާލުއްދީން ބިމުގައި އަޅަން ރައީސް ނިންމަވައިފި

ބައު ޖަމާލުއްދީން ހުންނަ ބިމުގައި އަރަބިއްޔާ ސުކޫލުގެ އައު އިމާރާތެއް އަޅަން އެ ބިން ހަމަޖައްސައިދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ނިންމަވައިފިއެވެ.

މަޢުލޫމާތު ލިބިފައި ވާ ގޮތުގައި އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިންނާ މިއަދު ހެނދުނު ބައްދަލުކުރައްވައި ރައީސް ވަނީ އަރަބިއްޔާގެ ދަރިވަރުން ވަގުތީ ގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރަން ނިންމި ނިންމުން އަނބުރާ ގެންދެވުމަށް ވެސް ނިންމަވައިފައެވެ.

އަދި ބައު ޖަމާލުއްދީން ހުންނަ ބިމުގައި، އަރަބިއްޔާ ސްކޫލުގެ އައު އިމާރާތް އެޅުމަށް، މި ދައުރު ނިމުމުގެ ކުރިން އެ ބިން ހަމަޖައްސައިދޭނެ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.

Advertisement
HDC — Sidebar (box)

އަރަބިއްޔާ ބެލެނިވެރިން މައުލުމާތު ދިން ގޮތުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ދެ ސްކޫލެއް އެއްކޮށްލައިގެން ކިޔަވައިދިނުމަކީ ހައްލެއް ނޫން ކަމަށް ރައީސް ވިދާޅުވިކަމަށް ބެލެނިވެރިން ބުންޏެވެ.

އަރަބިއްޔާ ސުކޫލުގެ މައްސަލަ ހޫނުވެފައި ވަނީ އެ ސުކޫލުގެ ކިޔެވުން އިއްޒުއްދީން ސުކޫލްގެ އިމާރާތުގައި ކުރިއަށް ގެންދިޔުމަށް ނިންމުމާ ގުޅިގެންނެވެ. މި ގޮތަށް ހަމަޖެއްސީ އެންމެ 8 އަހަރުވީ ޢަރަބިއްޔާ ސުކޫލުގެ އިމާރާތުގައި ރެނދުލައި ބޮޑެތި ގެއްލުންތައް ލިބެމުންދާތީއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް