Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ދީނަަށް ފުރައްސާރަ ކުރި ޝަހުދާ ފުލުހުންގެ ހައްޔަރަށް!

ދީނަަށް ފުރައްސާރަ ކުރި ޝަހުދާ ފުލުހުންގެ ހައްޔަރަށް!

ﷲގެ ޒާތުފުޅަށް ބަދުބަސް ބުނެ ރަސޫލާއަށް ފުރައްސާރަ ކުރަމުންދާ ތ.ތިމަރަފުށީ އާމިނަތު ޝަހުދާ ފުލުހުންގެ ހައްޔަރުގައި ރަށުން ބާލުވައިފިއެވެ.

“ދެން”އަށް މަޢުލޫމާތު ދެމުން ފުލުހުން ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާއަކީ 27 އަހަރުގެ އަންހެނެއް ކަމަށާއި އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެެެވެ. ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ތިމަރަފުށިން "ދެން"އާ ވާހަކަ ދެއްކި މީހަކު ބުނީ ފުލުހުންގެ ހައްޔަރުގައި ޝަހުދާ ރޭ ކޯޓަށް ގެންދިޔަ ކަމަށެވެ. އަދި ބަންދުގެ އަމުރު ލިބުމާ އެކު އޭނާ ހައްޔަރަށް ގެންދިޔައީ އެހެން ރަށަކަށް ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.

Advertisement
HDC — Sidebar (box)

ޝަހުދާގެ އުނދަގުލާ ހެދި ރޭ ތިމަރަފުށީގައި ވަނީ މުޒާހަރާ ވެސް ކޮށްފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި ޝަހުދާއަކީ މަސްތުވާތަކެތި ބޭނުންކުރާ އަންހެނެކެވެ.

ލަދެއް ހަޔާތެއް ނެތި ، ﷲގެ ޒާތަށް ނިސްބަތްކޮށް ވަރަށް ހުތުރު ވާހަކަތަކެއް ޝަހުދާ ދައްކާ ތަން ފެންނަ ވީޑިއޯއެއް ވެސް ދާދި ފަހުން ވަނީ އާންމުވެފައެވެ.

އޭނާ ވަނީ އެ ރަށުގެ އެކި ތަންތަނަށާއި މީހުންނަށް ވެސް ގެއްލުން ދީފައެވެ. މިކަމާ ގުޅިގެން ތިމަރަފުށިން ވާހަކަ ދެއްކި މީހަކު ބުނީ ޝަހުދާއަކީ އާންމު އުނދަގުލަކަށް ވެފައިވާ ކަމަށެވެ. މީގެ އިތުރުން ދީނަށް ފުރައްސާރަކޮށް އުޅޭއިރު ވެސް މިނިވަންކަމާ އެކު އޭނާ އުޅޭކަމީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް އޭނާ ބުންޏެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް