ޚަބަރު

ހައްޤަކަށް ތީމަގޭ ވުން.. (ތޭވީސްވަނަ ބައި)

އަޒްކީ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ޙައްޤަކަށް ތީމަގޭ ވުން... (ޓްރައިލާ) ހައްޤަކަށް ތީމަގޭ ވުން (ފުރަތަމަ ބައި) ޙައްޤަކަށް ތީމަގޭ ވުން.. (ދެވަނަބައި) ޙައްޤަކަށް ތީމަގޭ ވުން..(ހަތަރުވަނަ ބައި) ޙައްޤަކަށް ތީމަގޭ ވުން...(ފަސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން..(ހަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ހަތްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން..(ނުވަވަނަ ބައި) ހައްޤަކަށް ތީމަގޭވުން (ދިހަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(އެގާރަ ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...( ބާރަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން ..... (ތޭރަވަނަ ބައި) (ހައްޤަކަށް ތީމަގޭވުން....( ސޯޅަވަނަ ބައި ހައްޤަކަށް ތީމަގޭވުން..(ސަތާރަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ނަވާރަވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ވިހިވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އެކާވިސް ވަނަބައި) ހައްޤަކަށް ތީމަގޭ ވުން..(ބާވިސް ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން.. (ތޭވީސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ސައްވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން....(ފަންސަވީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން ..(ސައްބީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ހަތާވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން ...( އަށާވީސް ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން.. ( ނަވާވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން ...(އެއްތިރީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ބައްތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ތެއްތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސައުރަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން... (ފަންސަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސަތު ތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އަށުތިރީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން....(އޮނަސާޅިސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން ..(ސާޅިސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އެކާޅީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ބަޔާޅީސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ފަހުބައި)

ހިނދުހިނދު ކޮޅުން އޭނާގެ ހިތަށް އަންނަމުން ދިޔައީ ޝަހާގެ ފިރިމީހާ ޝަހާގެ ނިތުގައި ބޮސްދީގެން ހުރި މަންޒަރެވެ. ޝެރީންގެ ހިތުގައި ޝަހާއަށްޓަކައި ހަސަދައިގެ އޮއެވަރެއް ހިނގައިލީ ބޭއިޙްތިޔާރުގައެވެ. މޫނަށް ނުތަނަވަސްކަން ވެރިވި ހިނދު ދެބުމަ ގޮށްޖަހައިލެވުނެވެ. އެތަނުންދާން އެނބުރެން އުޅުނު ހިނދު ފެނުނު މަންޒަރުން ހުއްޓެވުނެވެ. ތަންކޮޅެއް ބޮޑަށް ބޯދިއްކޮށްލުމަށްފަހު ރަނގަޅަށް އެމަންޒަރު ބަލައިލިއެވެ.

Ads by MWSC

*********

ގެއިން ނިކުތްއިރު ޝަހާގެ އިންތިޒާރުގައި އަދީމް ހުއްޓެވެ. ޝަހާ ފެނުމާއެކު ފައިން  ފެށިގެން މައްޗަށް ބަލައިލެވުނެވެ. އަދީމްގެ އެހަރަކާތްފެނި ޝަހާ ތުންފަތްމަތިން ލަދުރަކި ހިިނިތުންވުމެއް ފާޅުވެލިއެވެ.

" ޔޫ ލުކް ގޯޖަސް... " ޝަހާ އާ ދިމާލަށް އަތް ދިއްކޮށްލަމުން އަދީމް ބުނެލިއެވެ. އެހިނދު ޝަހާ އަދީމްގެ އަތުގައި ހިފައިލިއެވެ. ޝަހާ އޭނާގެ ގާތަށް ދަމާލުމަށްފަހު އުނަގަނޑުގައި ހިފަހައްޓައިގެން އަދީމް ހިނގައިގަތީ ތަންކޮޅެއް ދުރުގައި ބާއްވާފައި އޮތް ކާރާ ދިމާލަށެވެ.

" ކާކުގެ ކާރެއް..." ޝަހާ އަހައިލިއެވެ.

" ފްރެންޑެއްގެ... " އަދީމް ބުނެލިއެވެ. އަދީމް ޝަހާ އަށް ކާރުގެ ދޮރުހުޅުވައި ދިނުމުން ޝަހާ ކާރަށް އަރައި އިށީނެވެ. އެއަށްފަހު އަނެއްފަރާތުން ގޮސް އަދީމްވެސް ޑްރައިވަރ ސީޓަށް އަރާ ހަމަޖެހިލިއެވެ. އަނެއްކާވެސް އަދީމް ބަލައިލީ ކައިރީގައި އިން ޝަހާ އަށެެވެ. ޝަހާގެ އެރީތި ކަން އޭނާގެ ހިތް ކަތިލަމުން ދިޔައީ ނުރައްކާތެރި މިންވަރަކަށެވެެ. އަދީމްގެ ތޫނު ނަޒަރުން ޝަހާ ލަދުގަތެވެ. އަދީމްގެ މޫނު އަނބުރުވާލަން އަތް ހިއްލައިލި ވަގުތު އަދީމް ޝަހާގެ އަތުގައި ހިިފިއެވެ. ނަމަވެސް ޝަހާގެ މޫނުން ހިނދުކޮޅަކަށްވެސް ނަޒަރު ވަކިކޮށްނުލައެވެ. އަތުތެރޭގައިވާ ޝަހާގެ މަޑުއަތްތިލައަށް ފިތައިލުމަށްފަހު އެއަތް ގެނެސް އަދީމްގެ ތުންފަތުގައި ޖައްސައިލިއެވެ. އެހނިދު ޝަހާއަށް ހީވީ ހަށިގަނޑުގެ ހުރިހާ ލޯލިތައް ކޮޅަށް ޖެހުނުހެންނެވެ. އިސާހިތަކު އަދީމްގެ ލޮލުގެ ފުންކަމުގެ ތެރެއަށް ޝަހާ ގެނބިއްޖެއެވެ. ހަތަރުކަޅި ހަމަވިހިނދު ދެމީހުންނަށްވެސް ކުރުވަމުން ދިޔައީ ތަފާތު އިހުސާސެކެވެ. އަދީމްގެ ހޫނު ނޭވާ ޝަހާގެ މޫނަށް އެޅެން ފެށުމާއެކު ޝަހާއަށް ދެލޯ މަރައިލެވުނެވެ. އެމަންޒަރު ފެނި އަދީމްގެ ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ. ޝަހާގެ ކޮލުގައި އަދީމް ބޮސްދިން ހިނދު ޝަހާއަށް ދެލޯ ހުޅުވައިލެވުނެވެ. އަދީމްގެ ތުންފަތަށް ވެރިވެފައިވާ ލާނެތް ހިނިތުންވުން ޝަހާ އިތުރަށް ލަދުގެންނެވިއެވެ.ޝަހާ އަދީމްގެ ކޮނޑާދިމާލުން އަތްއެޅުމަށްފަހު ފަހަތަށް ކޮއްޕާލިއެވެ. އެހިނދު އަދީމްގެ ލުއި ހީނލުމުގެ އަޑު އިވިގެން ދިޔައެވެ.

" ސަޕްރައިޒް އޮތީ މިތަނުގަތަ؟" ލަދުވެތިކަމުގެ އަސަރު ފޮރުވާން މަސައްކަތް ކުރަމުން ޝަހާ ބުންޏެވެ.

" ނޫނޭ... ޝަހާ ފެނުނީމަ އަހަރެން އެހެން ހުރިހާ ކަމެއް މަތިން ހަނދާންނެތެނީ.. ކީއްކުރާނީ..." އަދީމް ބުނެލިއެވެ.

" ދެން ހިނގާބަލަ އަވަހަށް އެހެންވީއިރު.. އައި ކާންޓް ވެއިޓް ފޯރ ދި ސަޕްރައިޒް.." ކެތްތެރިކަން ކުޑަވެފައި އިނދެ ޝަހާ ބުންޏެވެ.

" އޯކޭ... އޯކޭ.. ލެޓްސް ގޯ...." ކާރު ސްޓާޓްކޮށްލަމުން އަދީމް ބުންޏެވެ.

*****************

އަދީމް ކާރު މަޑުކޮށްލީ ޝަހާގެ ކައިވެނި ހޯލު ކައިރިއަށެވެ. ޝަހާ ކާރުން ފައިބަން އުޅުމުން އަދީމް އެކަން މަނާކުރިއެވެ. ކާރުން ފައިބައިގެން ގޮސް ޝަހާ ނިކުންނަން ދޮރު ހުޅުވައިދިނެވެ. އަދީމް އަތްދިއްކޮށްލުމުން އެއަތުގައި ހިފާފައި ޝަހާ ކާރުން ފޭބިއެވެ.

" މީ އަހަރެންގެ ވެޑިންގް ހޯލްއެއްނު..." ޝަހާ ބުނެލިއެވެ.

" އާނ އަލުން ކައިވެނިކުރަން މިއުޅެނީ.." ސަމާސާ ރާގެއްގައި އަދީމް ބުނެލިއެވެ.

" ދެން އަދީމް..." އަދީމްގެ ނަމުގެ އަކުރުތަކަށް ދަމައިލަމުން ޝަހާ ބުންޏެވެ. އަދީމް ހީނަލުމް ޝަހާގެ އަތުގައި ހިފައިގެން އެތެރެއަށް ވަނެވެ. ސިޑިން މައްޗަށް އަރަން ފެށުމުން އަދީމް އެދަނީ ޓެރޭސްއަށްކަން ޝަހާއަށް އެނގުނެވެ. ޓެރޭސްގެ ދޮރާ ހަމަވެފައި އަދީމް ހުއްޓުނެވެ. އޭނާގެ ޖީބުން ދިގުފޮތިކޮޅެއް ނެގުމަށްފަހު ޝަހާގެ ދެލޯ ބަނދެލިއެވެ.  ޝަހާގެ ތުންފަތްމަތިން ހިނިތުންވުން އެންމެ ހިނދުކޮޅަކަށްވެސް ނުފިލައެވެ. އަދީމް ދޭން އުޅޭ ސަޕްރައިޒަށް އޭނާ ވަނީ އިންތިހާއަށް ޝައުޤުވެރިވެފައެވެ. އަދީމް ޝަހާ ގޮވައިގެން ޓެރޭސްއަށް ނިކުތެވެ. ގާތްގަނޑަކަށް މެދެއްހާ ހިސާބު ޝަހާ ބެހެއްޓިއެވެ.

" ރެޑީ..؟" ޝަހާގެ ލޯމަތީގައި އަޅާފައިވާ ފޮތިކޮޅު މޮހެލަން ތައްޔާރުވަމުން އަދީމް ބުންޏެވެ. ޝަހާ ބޯޖަހައިލީ ކެތްތެރިކަން ކުޑަވެފައިވާ ފަދައަކުންނެވެ. ފޮތިކޮޅު މޮހެލުމާއެކު ޝަހާ ދެލޯ ހުޅުވައިލިއެވެ. ކުރިމަތިން ފެނުނު މަންޒަރުން ޝަހާއަށް އަނގަހުޅުވައިލެވުނެވެ. ތިރީގައި ރަތްކުލައިގެ ފިނިފެންމާ ފިޔަތަކުން ބޮޑު ހިތެއް ކުރަހާފައިވިއެވެ. އެނބުރި ދެފަރާތް ހޯދައި ބަލައިލެވުނީ އަދީމް ފެނޭތޯއެވެ. އަދީމްގެ ހިލަމެއް ނުވުމުން ފަހަތަށް އެނބުރުނެވެ. އެހިނދު ފެނުނު މަންޒަރުން ޝަހާއަށް ލިބުނީ ސިހުމެކެވެ. ތިރީގައި ކުޑަކަކޫ ޖަހައިގެން، އޭނާ އާ ދިމާލަށް ރިހި އަނގޮޓިއެއް ދިއްކޮށްލައިގެން އަދީމް އިނެވެ. ޝަހާއަށް ހެވުނެވެ. މީ ކޮންކަމެއްތޯ އަހައިލެވުނެވެ.

" އެނގޭ މިކަހަލަ ކަންކަމަކީ ކައިވެނީގެ ކުރިން ކުރާ ކަންތައްތަކެއްކަން.. އެންމެ ފުރަތަމަ ކަމަކަށް އަހަރެން ޝަހާ ކައިރީގައި ބުނެލަން ބޭނުންވަނީ އަހަރެންގެ ހަޔާތަށް އައިސްދިނީތީ ވަރަށް ބޮޑަށް ޝުކުރިއްޔާއޭ.. ޝަހާ ތީ އަހަރެންގެ ނަސީބު.. ތިފަދަ ހެޔޮލަފާ، އަހަރެންދެކެ ލޯބިވާ އަނތްބެއް ލިބުނު ކަމަށްޓަކައި ހެއްދެވި ފަރާތަށް ޙަމްދު ނުކުރާ އެންމެ ސިކުންތެއްވެސް ނުދޭ.. ތީ އަހަރެންނަށް ލެއްވި ރަޙުމަތެއް.. ޝަހާ އަހަރެން ދެކެ ޝަރުތަކާ ނުލާ ތިވާ މަތިވެރި ލޯތްބަށް އަހަރެން ކުޑަވެސް ޝައްކެއް ނުކުރަން.. އަހަރެންގެ މުޅި ދިރިއުޅުން ބަދަލުކޮށްލީ ޝަހާގެ ލޯބި.. އަހަރެންގެ މި ހިތް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ބަދަލުކޮށްލީވެސް ހަމަ ޝަހާ އަހަރެން ދެކެވާ ލޯބިން.. ޝަހާ އަހަރެންނަށް ދިން އިންތިހާ ލޯބިން އަހަރެންގެ މިހިތް ފަތަހަކޮށްފި.. ޝަހާ ކައިރީގައި ހުރުމުން އަހަރެންނަށް ލިބެނީ ތަފާތު ހަމަޖެހުމެއް.. ހިތަށް ލިބިގެން ދަނީ ބަޔާންކުރަން ދަތި އުފަލެއް.. ޝަހާ ދުރުގައި ހުންނައިރު އަހަރެން ޝަހާ މަތިން ހަނދާންނުވާ އެންމެ ހިނދުކޮޅެއްވެސް ނުދޭ.. އެކަން އަހަރެންނަށް އެންމެ ބޮޑަށް އިހުސާސްވީ ޝަހާ އާ ވަކިން ހޭދަވި ދުވަސްތަކުގައި.. އަހަރެންނަށް ނިދެނީވެސް ޝަހާގެ ހިޔާލުތަކަށް ގެނބިފައި ވަނިކޮށް.. ހޭލެވުމާއެކުވެސް އެންމެ ފުރަތަމަވެސް ހިތަށް އައިސް ވަންނަނީ ޝަހާގެ ތިލޯބި ސޫރަ.. ކާއިރު، މަސައްކަތްކުރާއިރު، ވެސް އިނދެވެނީ ޝަހާގެ ހިޔާލުތަކަށް ގެއްލިފަ... ބުނަން މިއުޅެނީ މީގެ ކުރިން ދުވަހަކުވެސް އަހަރެން ޝަހާ ކައިރީގައި ބުނެފައި ނުވާ ފަދަ ބަސްތަކެއް.. ޝަހާ!!! އަހަރެން ޝަހާ ދެކެ ވަރަށް ލޯބިވޭ.... ވަރަށް ބޮޑަށް ލޯބިވޭ.. އައި އެމް ހެޑް އޯވަރ ހީލްސް ފޯރ ޔޫ.. އައި ލަވް ޔޫ ވެރީ މަޗް ޝަހާ!!!" ޝަހާގެ މޫނުން ނަޒަރުވަކިކޮށްނުލައި އިނދެ އަދީމް ކިޔައިލިއެވެ. ޝަހާގެ ދެލޯ ފުރިގެން އައީ ވީ އުފަލުންނެވެ. އަދީމް އިންތަނުން ތެދުވިއެވެ. ޝަހާގެ ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލައި ދިނެވެ. ޝަހާގެ ވާއަތުގައި ހިފައިލިއެވެ. ކަށި އިނގިލީގައި އޭނާގެ އަތުގައި އޮތް އަނގޮޓި އަޅުވައިދިނެވެ. އެއަށްފަހު ޝަހާގެ ނިތުގައި ބޮސް ދިނެވެ.

" އަހަރެން ވަރަށް ވަރަށް އުފާވެއްޖެ.. ހިތަށް ލިބެމުން މިދާ އުފާވެރިކަން ބަޔާންކުރަން ދަތި.. އަދީމްގެ ދުލުން ތި ލަފްޒުތައް އަޑުއަހައިލަން އަހަރެން ކެތްމަދުވެފައިވީވަރު ހެއްދެވި ފަރާތް ދެނެވޮޑިގެން ވާނެ... ﷲ އަށް ޙަމްދުހުރި... ޔޫ ކޮމްޕްލީޓް މީ އަދީމް.. ޔޫ އާރ މައި ޑްރީމް ކަމް ޓްރޫ... އައި ލަވް ޔޫ މޯރ ދެން އެނީތިންގް..."އަދީމްގެ މޭގައި ލައްވެލަމުން ޝަހާ ބުންޏެވެ. އަދީމް ޝަހާގެ ހަށިގަނޑުގައި އަތްވަށައިލީ ދުވަހަކުވެސް ދޫކޮށްނުލާނަމޭ ބުނާ ފަދައަކުންނެވެ.

**************

ފާތިކް ކައިގެން ކޮޓަރިއަށް ވަންއިރު އެނދުގައި އޮށޯވެގެން ފޯނާ ކުޅެން މައިރާ އޮތެވެ. ޓީޝާޓް ބޭލުމަށްފަހު ފާތިކްވެސް އައިސް މައިރާ ކައިރީގައި އޮށޯތެވެ.

" ފާތި މަންމަމެން ހީކުރާނީ ކީކޭ.. އަހަރެން ނިކުތަ ނުދިނީ ކީއްވެ؟" މައިރާ ޝަކުވާ ކޮށްލިއެވެ.

" މަންމަމެންނަށްވެސް އެނގެޔޭ މައި ބަލިކަން... އަބަދު ގޯސްކޮށް ނުވިސްނަބަލަ.." މައިރާ އާ ދިމާލަށް އެނބުރެމުން ފާތިކް ބުނެލިއެވެ.

" މިހާރު ކިހިނެއް؟" މައިރާގެ ބޮލުގައި ފިރުމައިލަމުން ފާތިކް އަހައިލިއެވެ.

" ރަނގަޅު..." މައިރާ ބުންޏެވެ. ފާތިކްގެ ބީހުމުން އޭނާއަށް އިންތިހާއަށް އުނދަގޫވަމުން ދިޔައެވެ. ނޭނގެނީ ކީއްވެގެން ކަމެވެ. ފާތިކް ކުރިއަށް ވުރެ ބޮޑަށް މައިރާ އާ ގާތަށް ޖެހުނެވެ. ތަފާތު ބީހުމެއް މައިރާއަށް އިހުސާސްވި ހިނދު ފުންމައިގެން ތެދުވެވުނީ ބޭއިޙްތިޔާރުގައެވެ. މައިރާގެ އެއަމަލުން ފާތިކަށްވެސް ލިބުނީ ސިހުމެކެވެ.

" ކިހިނެއްވީ މައި.. އަހަރެންނަށް ގޯސްކޮށް ކަމެއް ކުރެވުނީތަ؟" ފާތިކް އަހައިލިއެވެ.

" ފާތި... އަހަރެން މިވަގުތު މޫޑެއް ނެތް..." ފާތިކަށް ބަލައިނުލާ އިނދެ މައިރާ ބުންޏެވެ. ފުންނޭވައެއް ދޫކޮށްލަމުން ފާތިކް ތެދުވެ އެނދުގެ ހެޑްބޯޑުގައި ލެގިލިއެވެ.

" މައި މިހާރު އަހަރެން ދެކެ ލޯބި ނުވަނީތަ؟" ފާތިކް އަހައިލިއެވެ. އެއަޑުގައިވީ އިންތިހާއަށް ރިހުމެވެ. އެކަން މައިރާއަށް ސިއްރެއް ނުވިއެވެ. އަދިވެސް އޭނާ ލޯބިވަނީ ފާތިކް ދެކެކަން ޔަގީނެެވެ. އެހެންނަމަވެސް ފާތިކް ކައިރިވުމާއެކު އޭނާއަށް ވަނީ ބުނެދޭން ނޭނގޭ އުނދަގޫތަކެކެވެ. މައިރާގެ ޖަވާބެއް ނުލިބުމުން ފާތިކް އެނދުން ތެދުވިއެވެ. އަލުން ޓީޝާޓް ލުމަށްފަހު ކޮޓަރިން ނިކުތެވެ. މައިރާއަށް ރޯންފެށުނީ ހިތަށް ކުރި އަސަރުންނެވެ. ފާތިކް އެދިޔައީ ވަރަށް ދެރަވެގެންކަން އޭނާއަށް އެނގެއެވެ. އެހެނަސް އޭނާ މިވަނީ ގޮތްނޭނގޭ މަޖުބޫރީއެއްގައި ބަނދެވިފައެވެ.

**********************

ކަމީލާ އާއި އަލީފް ވާހަކަ ދައްކަން ތިބީ ރާފިގުގެ ފިހާރައިގައެވެ. ފިހާރަ ބަންދު ބޯޑު އެޅުވުމަށްފަހު ކައުންޓަރު ކައިރީގައި ސޭލްސް ހަދަން ކަމީލާ އިނެވެ. ކައުންޓަރު ކައިރީގައި ހުރި އެހެން ގޮނޑިއެއްގައި ކަމީލާގެ ވާހަކަތައް އަޑުއަހަން އަލީފް އިނެވެ. ކަމީލާ ކިޔައިދެމުން ދިޔައީ އޭނާއާ އަސްމާގެ ފުރަތަމަ ބައްދަލުވުން ދިޔަ ގޮތުގެ ވާހަކައެެވެ. ކަމީލާ އެހާ މަޖާވެފައި ވާހަކަ ދެއްކުމުންވެސް އަލީފް އިނީ ބަސްމަދުވެފައެވެ. ބަލާބެލުމަށް ހީވަނީ ކަމަކާ ވިސްނަނީ ހެންނެވެ.

" އަލީފް.... ކިހިނެއްވެފަތަ ތިއިންނަނީ..." އެންމެފަހުން ކަމީލާ އަހައިލިއެވެ.

" ކައްމި... އަހަރެން ހީކުރީ ކައިރިއަށް އައިމަ މަންމަ އަހަރެންދެކެ ވަރަށް ލޯބިވާނެ ކަމަށް.. އެކަމަކު އެހެނެއްނުވި.. ދޮންދަރިދެކެވާ ލޯބިވެސް އަހަރެން ދެކެ އަހަރެންގެ މަންމަ ވާހެނެެއް ހިޔެއް ނުވޭ.. މަންމަ އާ ވާހަކަ ދައްކާއިރު އަހަރެންނަށް ހީވަނީ ވަރަށް ދުރުމީހަކާ ވާހަކަ ދެއްކޭހެން.. " އަލީފް އޭނާގެ ހިތިގެ އުދާސްތައް ބޭރުކޮށްލިއެވެ.

" ތި އަލީފަށް ހިވާ ގޮތް ކަންނޭނގެއެއްނު.. އެހާ ދުވަސްކޮށްފަ އައިމަ އެގޮތަށް ފީލްވަނީ ކަންނޭނގެ..." އަލީފް ހިތްހަމަޖައްސައިދެވޭތޯ ބަލަމުން ކަމީލާ ބުންޏެވެ. އަލީފް ހިނިތުންވުމަކުން ފުއްދައިލިއެވެ. އެމައުޟޫއަށް ވާހަކަ އިތުރަށް ވާހަކަ ދައްކަން ބޭނުންނުވީއެވެ.

**************

ޝަހާ އާއި އަދީމް ގެއަށް އައިއިރު މެންދަމުން އަނބުރައިފިއެވެ. ދޮރު ހުޅުވައިލުމަށްފަހު އަދީމް ޝަހާ އޭނާގެ އަތްމައްޗަށް އުފުލައިލިއެވެ.

" ސާބަސް އަދީމް.. މީހަކަށް ފެނިދާނެ.." ޝަހާ ބުނެލިއެވެ.

" އަހަރެންގެ ފަރުވާލެއް ނެތް.. ވެގެންވަންޏާ އަބަދުވެސް އަހަރެންގެ އަންހެނުން ގެންގުޅޭނީ އަހަރެންގެ އަތްމަތީގައި..." އަދީމް ބުންޏެވެ. އެތެރެއަށް ވަނުމުން ދޮރު ލައްޕައިލީ ޝަހާއެވެ. އެއަށްފަހު އަދީމްގެ ކަރުގައި އަތް އަޅުވައިލިއެވެ. ކޮޓަރިއަށް ނުދެވެނިސް ކޮންމެވެސް މީހަކު ލައިޓް ދިއްލައިލިއެވެ. އަދީމާއި ޝަހާއަށް ލިބުނީ ސިހުމެކެވެ. ޝަހާ ތިރީގައި ބެހެއްޓުމަށްފަހު އަދީމް ލައިޓް ދިއްލީ ކާކުތޯ ބަލައިލިއެވެ. އެހިނދު ލިބުނު ސިހުމާއެކު އަދީމްގެ މޫނު ހުދުކަފަކޮޅަކަށް ވެގެން ދިޔައެވެ.

-ނުނިމޭ-

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!