Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އަރަބިއްޔާ ސްކޫލު، ފޮރިން މިނިސްޓްރީ ހިންގި އިމާރާތަށް

އަރަބިއްޔާ ސްކޫލު، ފޮރިން މިނިސްޓްރީ ހިންގި އިމާރާތަށް

ރާއްޖޭގައި އަރަބި މީޑިއަމްއަށް ކިޔަވައިދޭ ހަމައެކަނި ސްކޫލު ، އަރަބިއްޔާ ސްކޫލަށް ވަގުތީ ހައްލެއްގެ ގޮތުން، ފޮރިން މިނިސްޓްރީ ކުރިން ހިންގި އިމާރާތް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެއެވެ.

ފާއިތުވީ އަށް އަހަރު އެ ސްކޫލުން ބޭނުން ކުރަމުން ދިޔަ އިމާރާތް ވަރަށް ބޮޑަށް ރެނދުލައި ހަލާކުވުމުން، އެޑިއުކޭޝަން މިނިސްޓްރީން ނިންމަވައިފައި ވަނީ އަންނަ މަހުގެ 16ގައި ފަށާ ދެވަނަ ޓާމަށް ވަގުތީ ގޮތުން އެ ދަރިވަރުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރާށެވެ.

ނަމަވެސް އެހެން ސްކޫލަކާ ހިއްސާ ވެގެން، އަރަބި މީޑިއަމަށް ކިޔަވާ ދަރިވަރުން ކިޔެވުމަކީ ފަސޭހަވާނެ ކަމަކަށް ނުވާތީ އަރަބިއްޔާގެ ބެލެނިވެރިން ވަނީ ކަންބޮޑުވުން ފާޅުކުރައްވައި އެކަން ރައީސް ޞާލިޙްއާ ވެސް ހިއްސާ ކުރައްވައިފައެވެ.

Advertisement
HDC — Sidebar (box)

"ދެން"އަށް މައުލޫމާތު ދެއްވަމުން އަރަބިއްޔާ ސްކޫލްގެ ޕީޓީއޭގެ މެންބަރެއް ކަމުގައިވާ އައިޝަތު ޝާދިޔާ ވިދާޅުވީ، ފޮރިން މިނިސްޓްރީ ކުރިން ހިންގި އިމާރާތް ވަގުތީ ހައްލެއްގެ ގޮތުގައި އަރަބިއްޔާ ސްކޫލްގެ ދަރިވަރުން ތައުލީމު އުނގެނުމަށް ދެއްވައިފައިވާ ކަމަށް ރައީސް އެންގެވި ކަމަށެވެ.

"މީގެ އިތުރުން އެމަނިކުފާނު ވިދާޅުވި، އެމަނިކުފާނުގެ ދައުރު ނިމުމުގެ ކުރިން އަރަބިއްޔާ ސްކޫލަށް ދާއިމީ ހައްލެއްގެ ގޮތުގައި ޖަމާލުއްދީން ސްކޫލުގެ ބައު އިމާރާތް ވެސް ދެއްވާނެ ކަމަށް" ޝާދިޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ޝާދިޔާ ވިދާޅުވީ، ހުޅުމާލޭގައި މިހާރު ދިރިއުޅޭ އަރަބިއްޔާގެ ދަރިވަރުންނާއި ޓީޗަރުންނަށް ފަސޭހަ ކޮށްދިނުމަށް، ހުޅުމާލޭގައި ވެސް އަރަބި މީޑިއަމްއަށް ކިޔަވައިދޭ ސްކޫލެއް ގާއިމް ކޮށްދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް