Sunday, 1 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ކަނޑުމަތީގައި ހިނގި އެކްސިޑެންޓެއްގައި ޑިންގީއެއް އަޑިއަށް ހިނގައްޖެ

ލޯންްޗްއަކާއި ޑިންގީއެއް ޖެހިގެން ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ވިދާޅުވީ، މިރޭ 18:50ހައިއިރު ވިލިމާލެ ދެކުނުފަރާތުން ލޯންޗަކާއި ޑިންގީއެއް ޖެހި އެކްސިޑެންޓެއް ހިނގައިފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މިހާދިސާގައި ދެ ފިރިހެނަކަށް އަނިޔާވެގެން އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އެ މީހުންނަށް ލިބުނު ޒަހަމްތައް ސާފެއް ނުވެއެވެ. ފުލުހުން ދަނީ މިހާދިސާ ހިނގި ސަރަހައްދުގައި މިހާރު ވެސް ހަރަކާތް ތެރިވަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް