Saturday, 7 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ހިޔާ ފްލެޓުގެ ލިފްޓުތަކަށް ދިމާވާ މައްސަލަތައް ހައްލުކުރަން ބަޔަކާ ހަވާލުކޮށްފި

ހިޔާ ފްލެޓުގެ ލިފްޓުތަކަށް ދިމާވާ މައްސަލަތައް ހައްލުކުރަން ބަޔަކާ ހަވާލުކޮށްފި

ހިޔާ ފްލެޓުގެ ލިފްޓަށް ދިމާވާ މައްސަލަތައް ހައްލުކުރަން ހައުސިންގ ޑިވެލޮޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބަޔަކާ ހަވާލުކޮށްފިއެވެ.

އެޗްޑީސީގެ ފަރާތުން އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ކޮންޓެކް ޕްރައިވެޓް ލިމިޓެޑާއެވެ.

އެޗްޑީސީން ބުނީ، ކޮންޓެކްއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، ލިފްޓަށް ދިމާވާ މައްސަލަތައް ބަލައި ހައްލު ކުރުމާއި، މެއިންޓެނެންސް މަސައްކަތް އެ ކުންފުނިން ކުރާނެ ކަމަށެވެ.

Advertisement
Allied Insurance — Square (box)

ހިޔާ ފްލެޓުގެ ލިފްޓަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގެ އިތުރުން އެޗްޑީސީން ބުނީ އެ ކުންފުނީގެ ފަރާތުން 24 ގަޑިއިރު ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި، ހިދުމަތްތަކާ ބެހޭ މައުލޫމާތު ހޯދުމަށް ބޭނުންވާ މީހުންނަށް އެ ކުންފުނީގެ ހޮޓްލައިން 9672696 އަދި <a href="[email protected]">އީމެއިލް</a> މެދުވެރިކޮށް މުއާމަލާތް ކުރެވޭނެ ކަމަށެވެ.

ލިފްޓުތައް ބޭނުން ކުރާއިރު ރައްކާތެރި ވުމަށާއި ހިދުމަތް ހޯދުމުގައި ކަނޑައެޅިފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް ސަމާލުކަން ދިނުމަށް އެޗްޑީސީން ވަނީ އިލްތިމާސް ކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް