Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އަދާލަތު ޕާޓީގައި ތިބުން މިހާރު ހުއްދައެއް ނުވާނެ: ޝެއިޚް ނިޝާން

އަދާލަތު ޕާޓީގައި ތިބުން މިހާރު ހުއްދައެއް ނުވާނެ: ޝެއިޚް ނިޝާން

ސެކިއުލެރިޒަމްއާއި ލާދީނިއްޔަތަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ނަސްރުދޭ ކަމަށް ތުހުމަތު ކުރައްވައި، އެ ޕާޓީގައި މިހާރު ތިބުން ހުއްދަ ނުވާނެ ކަމަށް ދީނީ ޢިލްމުވެރިޔާ ޝެއިޚް އާދަމް ނިޝާން ވިދާޅުވެއްޖެއެވެ.

ޝެއިޚް އާދަމް ނިޝާން މިފަދައިން ވިދާޅުވެފައި ވަނީ، އޭނާގެ ރަސްމީ ފޭސްބުކް އެކައުންޓުގައި މިއަދު ކުރި ޕޯސްޓެއްގައެވެ.

ޝެއިޚް އާދަމް ނިޝާން ވިދާޅުވީ ޢަދާލަތު ޕާޓީއަށް ސޮއިކޮށްގެން ތިބި އެމަނިކުފާނުގެ ނަޞޭޙަތް އަޑުއަހާ ޤަބޫލުކުރާ ކޮންމެ މުސްލިމް އަޚަކާއި އުޚްތަކު މިހާރުން މިހާރަށް އެޕާޓީއިން ވަކިވާން ދަންނަވާ ކަމަށެވެ.

Advertisement
Allied — Dhen Online (box)

"މިހާރު ޢަދާލަތު ޕާޓީއަކީ އިސްލާމްދީނަށް ނަޞްރުދީ ﷲގެ ޝަރީޢަތް މަތިވެރިކޮށް އަދި އިސްލާމްދީނުގެ ޢަދާވާތްތެރިންގެ އަޅުވެތިކަމުން މިދީބުގެ މިނިވަންކަމާއި އިސްތިޤްލާލް ދެމެހެއްޓުމަށް މަސައްކަތް ކުރާ ބައެއްގެ ބަދަލުގައި، ޢަލްމާނީ ސެކިއުލަރ ފަރާތްތަކާ ގުޅި ބައިޢަތު ހިފައިގެން އެމީހުން އެގޮވައިލާ ލާދީނީ ފަލްސަފާއަށް ފާޅުގައި ވާގިދޭ ބައެއްކަމުގައިވެ އަދި މުޝްރިކުންނަކީ މުސްލިމުންނާއި އެންމެ ޢަދާވާތްތެރި ދެކޮޅުވެރި މީސްތަކުންކަމުގައާއި އެމީހުންނަކީ އައުލިޔާއިން ކަމުގައި (ގާތް އެކުވެރިން، މަދަދުގާރުން ކަމުގައި) ނުހެދުމަށް ކީރިތި ޤުރްއާނުގައި ވަޙީ ބާއްވައިލައްވައިފައި ވަނިކޮށް އިންޑިއާގެ މުޝްރިކު ސިފައިން މިއިސްލާމީ ދީބުގައި ތިބުމަށް ފާޅުގައި ގޮވައިލައި ވަކާލާތު ކުރާ ޕާޓީއެއްކަމުގައި ވުމާ އެކު، އިސްލާމްދީނަށް ނަޞްރުދިނުމުގެ ނަމުގައި އެޕާޓީގައި ތިބުމަކީ އެއްގޮތަކަށް ވެސް ހުއްދަވާނޭ ކަމެއް ނޫނެވެ." ޝެއިޚް އާދަމް ނިޝާން ވިދާޅުވިއެވެ.

މީގެ އިތުރުން، ޢަދާލަތު ޕާޓީއާއި އަދި މިނޫން ވެސް މިފަދަ އެއްވެސް ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ހުރުމަކީ އިސްލާމްދީނާއި އަޅުގަނޑުމެންގެ މިދީބަށް ވެސް ވެވޭ ޚިޔާނާތެއް ކަމަށް ވެސް ޝެއިޚް ވިދާޅުވިއެވެ.

ޝެއިޚް އާދަމް ނިޝާން މިހެން ވިދާޅުވެފައި ވަނީ، މުޅި ދުނިޔެ ގުޅިލައިމެހިފައިވާ ޒަމާނެއްގައި ބައިނަލްއަގުވާމީ މަސްރަހުގައި އެކަހެރިވެގަތުން އިސްކުރުމަކީ ދިވެހިންނަށް އެންމެ މަސްލަހަތުހުރި ގޮތެއް ނޫން ކަމަށް ބުނެ އަދާލަތު ޕާޓީން ރޭގައި ނެރުނު ބަޔާނަކާ ގުޅިގެންނެވެ.

އެ ޕާޓީން މިހެން ބުނީ އިދިކޮޅުން ހިންގަމުންދާ "އިންޑިއާ އައުޓް" ހަރަކާތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް އުޅުއްވާ، ހަރަކާތްތެރިވެވަޑައިގަންނަވާތީއެވެ.

އެކަމާ ގުޅިގެން އަދާލަތުން ނެރުނު ބަޔާނުގައި ބުނީ ދިވެހި ޚާރިޖީ ސިޔާސަތުގެ އަސާސީ އަމާޒަކަށް ވާންވާނީ ދިވެހިންނާއި ގައުމުގެ ސަލާމަތާއި މަސްލަހަތު ހިމާޔަތްކޮށް ރައްކާތެރިކުރުން ކަމަށެވެ. އަދި ރާއްޖެއަކީ އިންޑިއާ ކަނޑުގައި އޮންނަ ގައުމަކަށްވާއިރު، އިންޑިއާ ކަނޑުގެ މަސްލަހަތު ހިމާޔަތްކުރުމަކީ ވެސް ޚާރިޖީ ސިޔާސަތުގައި ރިއާޔަތްކުރަންޖެހޭ ކަމެއް ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް