Sunday, 1 November 2026
Advertisement
HDC — Share-Below (leaderboard)
ސަރުކާރު

މަޑިވަރު އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖައްސައިފި، ރަސްމީކޮށް ހުޅުވަނީ އަންނަ މަހު

މަޑިވަރު އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖައްސައިފި، ރަސްމީކޮށް ހުޅުވަނީ އަންނަ މަހު

ޅ. އަތޮޅު މަޑިވަރުގައި ތަރައްގީކުރި ޑޮމެސްޓިކް އެއާޕޯޓަށް ޓެސްޓު ފްލައިޓު މިއަދު ޖައްސައިފިއެވެ.

މަޑިވަރުގައި އެއާޕޯޓެއް ތަރައްގީކުރީ ޗަމްޕާ ކުންފުނީގެ ދަށުން ހިންގާ ކުރެއްދޫ ހޯލްޑިންގްސްގެ ފަރާތުންނެވެ. ޖުމްލަ 170 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްގީކުރި މި އެއާޕޯޓުގައި 1.2 ކިލޯމީޓަރުގެ ރަންވޭއެއް އޮވެއެވެ. އެ އެއާޕޯޓަށް އެންމެ ފުރަތަމަ ޖެއްސީ މޯލްޑިވިއަން އެއާލައިންގެ ފްލައިޓެކެވެ. ޓެސްޓު ފްލައިޓު ޖެއްސުމުގެ ރަސްމިއްޔާތު އޮތީ ހެނދުނު 9:50 ގައެވެ.

މަޑިވަރު އެއާޕޯޓަށް ފުރަތަމަ ޖެއްސި ބޯޓަށް ރަންވޭއިން މަރުހަބާ ވިދާޅުވީ ޗަމްޕާ ކުންފުނީގެ ވެރިޔާ މުހައްމަދު މޫސާ (އުއްޗު) އެވެ. އޭނާއާ އެކު އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރާއި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފާއި ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްޣަނީ އަބްދުލްހަކީމް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އައިލެންޑް އޭވިއޭޝަންގެ މެނޭޖަރު މުހައްމަދު މިހާދު ވެސް އެ ހަފްލާގައި ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement
Allied Insurance — Square (box)

[caption id="attachment_132292" align="alignnone" width="1080"]<img class="wp-image-132292 size-full" src="https://cdn.dhen.mv/wp-content/uploads/2021/12/88-madivaru.jpg" alt="" width="1080" height="719" /> ޅ. މަޑިވަރު އެއާޕޯޓު[/caption]

މިއީ ޅ. އަތޮޅުގައި ތަރައްގީކޮށް ހުޅުވާ އެންމެ ފުރަތަމަ ޑޮމެސްޓިކް އެއާޕޯޓެވެ. އެހެންކަމުން އެއަތޮޅުގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ވެސް މިއީ ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ. މީގެ ކުރިން އެ އަތޮޅުގެ ރައްޔިތުން ވައިގެ މަގުން ދަތުރުކުރަނީ ބ. އަތޮޅު ދަރަވަންދޫގައި އޮންނަ އެއާޕޯޓަށެވެ. އެއާޕޯޓަށް ވައިގެ މަގުން ދަތުރުކުރި ނަމަވެސް ކަނޑުމަގުގައި ރަށަށް ދިޔުމަށް ގަޑިއެއްހައިއިރު ދަތުރުކުރަން ޖެހެއެވެ.

މަޑިވަރު އެއާޕޯޓަށް މިއަދު ޓެސްޓު ފްލައިޓު ޖެއްސި ނަމަވެސް އެއާޕޯޓަށް ރަސްމީކޮށް ދަތުރުތައް ފަށާނީ އަންނަ ޖެނުއަރީ މަހުގެ މެދުތެރޭގައެވެ. މިކަމަށް ޓަކައި ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހުވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

މަޑިވަރުގައި އެއާޕޯޓެއް ތަރައްގީކުރަން ކުރެއްދޫ ހޯލްޑިންގްސްއާއެކު ސަރުކާރުން ސޮއިކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2018 ވަނަ އަހަރުގެ މެއިމަހުއެވެ. އެއީ ދެއަހަރުގެ ތެރޭގައި ނިންމަން ހަވާލުކުރި މަޝްރޫއެކެވެ. އެހެން ނަމަވެސް ކޮވިޑް-19 ގެ ސަބަބުން މަސައްކަތްތައް ވަރަށް ބޮޑަށް ލަސްވެގެން ދިޔައެވެ.

މައުލޫމާތު ލިބޭ ގޮތުގައި މަޑިވަރު އެއާޕޯޓު ހިންގަން މަޝްވަރާ ކުރަނީ އައިލޭންޑް އޭވިއޭޝަނާއެވެ. މީގެ އިތުރުން މަންޓާ އެއާލައިންއާއި ޓީއެމްއޭއާ ވެސް ދަނީ އެކަމުގެ މަޝްވަރާތައް ކުރަމުންނެވެ. ޓީއެމްއޭއިން މީގެ ކުރިން ވަނީ އެ އެއާލައިންގެ ބޭސްއެއްގެ ގޮތުގައި މަޑިވަރު އެއާޕޯޓު ބޭނުންކުރާނެކަމަށް ބުނެފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް