ލައިފްސްޓައިލް ޓެކްނޮލޮޖީ

ސެމްސަންގް ގެލެކްސީ އެސް21 އެފްއީ ލޯންޗު ކުރުމުގެ ކުރިން އަންބޮކްސިން ވީޑިއޯއަކުން ފެނިއްޖެ

މަރްޔަމް ނަޙްދާ ވަޙީދު ، ދެން އޮންލައިން

‎  2022ވަނަ އަހަރުގެ ކުރީކޮޅު ސެމްސަންގްއިން ގެލެކްސީ އެސް21 އެފްއީ ލޯންޗް ކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރިފައި ވިޔަސް، އެއާ ބެހޭ މާގިނަ މައުލޫމާތެއް ސެމްސަންގުން އަދި ހާމައެއް ނުކުރެއެވެ. އެސް21 އެފްއީ ވެގެންދާނީ މަޝްހޫރު އެސް20 އެފްއީ ސްމާޓްފޯނަށް ފަހު، ކުރިއަށް އޮތް އަހަރު ސެމްސަންގްގެ ބަޖެޓް ފްލެގްޝިޕް ބީޓް ކުރާ ފޯނަށެވެ.

Ads by Hajj Corporation

ޗެނަލް އެޗްޑީބްލޮގްގައި ދާދި ފަހުން ނެރުނު ޔޫޓިއުބް ވީޑިއޯއެއްގައި މި ފޯނުގެ ރީތިކަމުގެ އިތުރުން މުޅި ފޮއްޓާއި އޭގެ މަންޒަރުތައް ވެސް ފެނިގެންދެއެވެ. ފޯނު ލޯންޗް ކުރުމުގެ ކުރިން ގެލެކްސީ އެސް 21 އެފްއީގެ ފުރިހަމަ ސްޕެސިފިކޭޝަންތައް މިވަ ވީޑިއޯއިން ވަނީ ހާމަވެފައެވެ.

މި ވީޑިއޯއަކީ އިނގިރޭސި ބަހުން ހަދައިފައިވާ ވީޑިއޯއަކަށް ނުވިޔަސް، ވީޑިއޯގެ މަންޒަރުތަކުން ފޯނުގެ ފަހަތުގައި ވަނީ މެޓު ގްރޭކުލަކަން ހާމަވެއެވެ. މި ފޯނުގެ ކެމެރާ އައިލެންޑް ވަނީ އެސް21 ސީރީޒްގެ އެހެން ފޯނުތަކެކޭ އެއްފަދައިން ފޯނުގެ ފަހަތު ޕެނަލްގެ ކަނެއްގައި ދިގުކޮށްނެވެ. އޭގައި ތިން ކެމެރާ ފެންނަން ހުރިއިރު، ފްލޭޝް މޮޑިއުލްއެއް ބޭރުގައި އާދަޔާ ހިލާފަށް ބަހައްޓައިފައި ހުންނަތަން ވެސް ފެނެއެވެ.

މި ޑިޒައިނުގައި އެސް 21އަލްޓްރާގެ ޑިޒައިނާއި ވައްތަރު ގޮތެއް ހުރިއިރު، ފޯނު ޕެކްކޮށްފައި ވަނީ ތިމާވެއްޓާ ރައްޓެހިގޮތަކަށް ހަދައިފައިވާ ހުދު ފޮއްޓެއްގައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!