Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އިތުރު 3 މަހު ހިޔާ ފްލެޓުތަކުން ކުލި ނުނަގަން ނިންމައިފި

އިތުރު 3 މަހު ހިޔާ ފްލެޓުތަކުން ކުލި ނުނަގަން ނިންމައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމް ކޮށްފައިވާ ހިޔާ ފްލެޓުތަކުން އިތުރު ތިން މަސް ދުވަސް ވަންދެން ކުލި ނުނަގަން ނިންމައިފިއެވެ.

މިކަން އިޢުލާން ކުރައްވައިފައި ވަނީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމަށް މިރޭ ބާއްވަމުންދާ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙެވެ.

ހިޔާ ފްލެޓްތަކަށް ކުލި ދެއްކުން އިތުރު ތިން މަސް ދުވަހަށް ސަރުކާރުން ފަސްކޮށްދީފައި މިވަނީ، ފްލެޓް ލިބުނު މީހުން އެކަމަށް ތަކުރާރުކޮށް އެދުމަށް ފަހު މިދިޔަ ހުކުރު ދުވަހު އިހްތިޖާޖު ވެސް ކޮށްފައި ވަނިކޮށެވެ.

Advertisement
Allied Insurance — Square (box)

މީގެ ކުރިން އޮތް ގޮތުން ނަމަ ހިޔާ ފްލެޓްތަކަށް ފެނާއި ކަރަންޓްގެ ހިދުމަތް ފޯރުކޮށްދީ، އެތަނުގެ ގްރޭސް ޕީރިއެޑް ގުނަން ފަށައިފައި ވަނީ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިމަހުގެ ނިޔަލަށެވެ. އަދި އަންނަ މަހުން ފެށިގެން އެ ފްލެޓުތަކުން ކުލި ނެގުމަށް ކުރިން ނިންމައިފައިވެއެވެ.

ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން ކުލީގެ ގޮތުގައި 8،500 ރުފިޔާ ދައްކަން ޖެހެއެވެ. އެއީ ފްލެޓްގެ ކުއްޔަށް ދައްކަން ޖެހޭ 7،000 ރުފިޔާއާއި މެއިންޓަނަންސް ފީއަށް ދައްކަން ޖެހޭ 1،000 ރުފިޔާއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް