ކޮމަންޑޫ ދާއިރާއަށް އެމްޓީޑީން ވާދަ ނުކުރަން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކް (އެމްޓީޑީ)އިން ވާދަ ނުކުރަން ނިންމައިފިއެވެ.
އެގޮތުން އެ ޕާޓީގެ ކައުންސިލު ބައްދަލުވުމުގައި އެމްޓީޑީން ބުނީ، މިވަގުތު އިންތިހާބެއްގައި ވާދަކުރުމަށް ނުފެންނަ ކަމަށް ނިންމައިފައިވާ ކަމަށާއި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް އެ ޕާޓީގެ ޓިކެޓް ބޭނުންވާ ފަރާތްތަކަށް ހުޅުވައިލުމުން ކުރިމަތިލެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރުވެރިވާ ކަމަށެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްކޮށް ހުންނަވައިގެން އުފެއްދި އެމްޓީޑީއަކީ 2018ވަނަ އަހަރުގެ ޑިސެމްބަރު މަހު އުފެއްދި ސިޔާސީ ޕާޓީއެކެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ޕީޕީއެމްއާއި އެމްޑީޕީގެ އިތުރުން އެމްއެންޕީން ވެސް ވަނީ ކެނޑިޑޭޓުން ނެރެން ނިންމައިފައެވެ.
ޕީޕީއެމްގެ ޓިކެޓް، ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މޫސާ ފަތުހީއަށް ދީފައިވާ އިރު އެމްޑީޕީގެ ޓިކެޓް ދީފައި ވަނީ މުހައްމަދު ރާޝިދަށެވެ. މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓިކެޓް ދީފައި ވަނީ އަބްދުލް ހަންނާން އިދުރީހަށެވެ.