އަކްޝޭ ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަނީ
 
                                                    ބޮޮލީވުޑް ތަރިންގެ މެދުގައި ޗުއްޓީ ހޭދަކުރުމަށް އެންމެ މަގުބޫލު މަންޒިލްކަމުގައިވާ ރާއްޖެއަށް އަކްޝޭ ކުމާރު ވެސް ރާއްޖެ އަތިވެއްޖެއެވެ.
ހޯމަ ދުވަހު އަކްޝޭ އޭނާގެ އިންސްޓަގްރާމް ހޭންޑްލްގައި ހިއްސާކޮށްފައިވާ ވީޑިއޯއެއްގައި ސޮނެވާފުށި ރިސޯޓްގައި ބައިސްކަލް ދުއްވާ މަންޒަރު ފެނެއެވެ. އަކްޝޭ ވަނީ އޭނާގެ އަންހެން ދަރިފުޅު ނިތާރާއާ އެކު ނަގައިފައިވާ ފޮޓޯތައް ވެސް ހިއްސާކޮށްފައެވެ.
މަސައްކަތުގެ ގޮތުން ބަލާއިރު އަކްޝޭ ކުމާރުގެ ސޫރްޔަވަންޝީއަކީ ނޮވެމްބަރު މަހު ބްލޮކްބަސްޓާ ހިޓް ފިލްމެކެވެ. މިހާރު މި އެކްޓަރު ވަނީ އޭނާގެ ކުރިއަށް އޮތް ފިލްމު ޕްރިތުވީރާޖް ރިލީޒްކުރަން ތައްޔާރުވެފައެވެ.
މި ފިލްމުގައި މަނުޝީ ޗިލާރްއާ އެކު ލީޑް ރޯލުން ފެނިގެންދަނީ އޭނާއެވެ. މި ފިލްމުގެ ސްޓޯރީލައިން ބިނާކޮށްފައި ވަނީ ރާޖްޕުޓް ކިންގް، ޕްރިތުވީރާޖް ޗައުހާންގެ މައްޗަށް ކަމަށްވާ އިރު، މި ފިލްމުގެ ޑައިރެކްޓްކުރަނީ ޑޮކްޓަރު ޗަންދްރަޕްރަކާޝް ދެވެދީއާއި ޔާޝް ރާޖް ފިލްމްސްގެ ތާއީދާއެކުއެވެ.
 
  
  
  
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
