ޚަބަރު

ދެވަނަ ފިޔަވަހީގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ 4,000 ފްލެޓްގެ އެޑްވާންސް ފައިސާ ދައްކައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ފަހި ދިރިއުޅުން ކޯރޕަރޭޝަނުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރާ، 4,000 ހައުސިންގ ޔުނިޓު އިމާރާތްކުރުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ އެޑްވާންސް ފައިސާ ދައްކައިފިއެވެ.

Ads by MWSC

އެފް.ޑީ.ސީ-އެން.ބީ.ސީ.ސީ އަދި އެފް.ޑީ.ސީ-ޖޭ.އެމް.ސީ މަޝްރޫއުގެ ދަށުން ޖުމްލަކޮށް 4000ހައުސިންގ ޔުނިޓް އިމާރާތްކުރުމަށް ހަމަޖެހިފައިވާ އިރު، މިއިން ކޮންމެ މަޝްރޫއުއެއްގައި 900އަކަފޫޓުގެ 3 ކޮޓަރީގެ 1400 ޔުނިޓް އަދި 650 އަކަފޫޓުގެ 2 ކޮޓަރީގެ 600 ޔުނިޓް ހިމެނޭނެއެވެ.

މިކްސްޑް ރެސިޑެންޝަލް ޑިވެލޮޕްމަންޓް މޮޑެލްއަށް ރޭވިފައިވާ މިމަޝްރޫޢުތަކުގެ ގްރައުންޑް ފްލޯރ އަދި ފަސްޓްފޮލޯރގައި ހިމެނޭނީ މިޔުނިޓު ތަކުގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ހާއްސަ ކުރެވޭ ރީޓެއިލް އައުޓްލެޓްތަކާއި، ޕަރކިންގއެވެ.

މިއިން ކޮންމެ މަޝްރޫއެއްގައި 16 ޓަވަރު އިމާރާތްކުރެއެވެ. އޭގެ ތެރޭގައި 2 ކޮޓަރީގެ ޔުނިޓްތަކަށް ހާއްސަކުރެވިފައިވާ ޓަވަރުތަކާއި، 3 ކޮޓަރީގެ ޔުނިޓްތަކަށް ހާއްސަކުރެވިފައިވާ ޓަވަރުތައް ހިމެނެއެވެ. އަދި މިއިން ކޮންމެ ޓަވަރެއް ޑިޒައިންކުރެވިފައި ވަނީ 17 އަދި 18 ފަންގިފިލާ ހިމެނޭ ގޮތަށް، ކޮންމެ ޓަވަރެއްގައި 3 ލިފްޓް ހިމަނައިގެންނެވެ. އަދި މީހުން ދިރިއުޅޭ ކޮންމެ ފަންގިފިލާއެއްގައި 8 ރެޒިޑެންޝިއަލް ޔުނިޓް ހުންނާނެއެވެ. އެފް.ޑީ.ސީއިން މިހާރު ދަނީ މި 2 މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ތައްޔާރީތައްވަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!