ޚަބަރު

އައިޖީއެމްއެޗްގެ ކުޑަ ކުދިންގެ ވާރޑް ފުރި ބައެއް ކުދިންނަށް އީއާރުގައި ފަރުވާދެނީ

އާއިޝަތު ޖަނާ ސަމީރު ، ދެން އޮންލައިން
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ކުޑަކުދިންގެ ވާރޑް ފުރި އެމަޖެންސީ ރޫމުގައި ފަރުވާ ދެމުންދާކަމުގައި އެ ހޮސްޕިޓަލްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު މުހައްްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޑރ. ފައިސަލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިކަމަށް ހައްލެއް ލިބޭނީ ރަށްރަށުގެ އިތުރުން މާލޭ ސަރަހައްދުގެ ސަރުކާރުގެ އެހެނިހެން ތަންތަނުގައި ފަރުވާ ދެވިގެން ކަމުގައެވެ.

މާލޭ ސަރަހައްދުގައި އައި.ޖީ.އެމް.އެޗްގެ އިތުރުން ހުޅުމާލޭ ހޮސްޕިޓަލަކީ ވެސް ސަތޭކަ އިންސައްތަ އާސަންދަ ހިއްސާކުރާ ހޮސްޕިޓަލެކެވެ. ނަމަވެސް ހުޅުމާލޭ ހޮސްޕިޓަލުގައި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރަކު ނެތުމުން ޑޮކްޓަރަށް ދެއްކުމަށް ޓަކައި އައިޖީއެމްއެޗްއަށް ދާންޖެހޭތީ އެކަމުގެ ޝަކުވާ މީގެ ކުރިން ވެސް ގިނަ ބަޔަކު ކޮށްފައިވެއެވެ.

މި މައްސަލައާ ގުޅިގެން އައި.ޖީ.އެމް.އެޗްގެ އޮފިޝަލަކު ވިދާޅުވީ އެތަނުގެ ކުޑަކުދިންގެ ވޯޑު ފުރިފައި ވަނީ ހާއްސަ ހާލަތެއް ކުރިމަތިވެގެން ނޫން ކަމަށެވެ. ނަމަވެސް މި ދުވަސްވަރަކީ ޗުއްޓީ ދުވަސްވަރަށް ވުމުން ގިނައަދަދެއްގެ މީހުން ޑޮކްޓަރަށް ދެއްކުމަށް އެ ހޮސްޕިޓަލަށްދާ ކަމަށް ވެސް ވިދާޅުވިއެވެ.

އައި.ޖީ.އެމް.އެޗްގެ ސީއީއޯ އިބްރާހިމް ސަލީމް އެ ހޮސްޕިޓަލްގެ ހާލަތާ ގުޅޭ ގޮތުން ދާދި ފަހުން ވިދާޅުވެފައި ވަނީ، އެ ހޮސްޕިޓަލްގެ ހިދުމަތްތައް ފުޅާކުރުމަށް ގިނަ ގުނަ ހިދުމަތްތަކެއް ކުރަމުން އަންނަ ކަމަށާއި ކުރިއަށް އޮތްތަނުގައި އައު ހިދުމަތްތަކެއް ވެސް ލިބެން ފަށާނެ ކަމަށެވެ.

Ads by Ooredoo
  1. ހާލަތު

    ދެން ކޮބައިތޯ ތި ވިދާޅުވާ ޚާއްސަ ހާލަތަކީ؟؟