Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އައްޑޫގެ މޮނިޓަރިންގެ ހާލަތު އުވައިލައިފި

އައްޑޫގެ މޮނިޓަރިންގެ ހާލަތު އުވައިލައިފި

އައްޑޫ ސިޓީގައި އިއުލާން ކޮއްފައިވާ މޮނިޓަރިންގެ ހާލަތު އުވައިލައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން ވިދާޅުވީ އައްޑޫގައި މޮނިޓަރިންގެ ހާލަތު ދަމަހައްޓަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި އައްޑޫގެ ހިތަދޫ ، މަރަދޫ ، މަރަދޫފޭދޫ ، ފޭދޫ ، ހުޅުމީދޫއަށް އަރައި ފޭބުން މަނާކޮށް އިއުލާންކޮށްފައިވާ މޮނިޓަރިން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.

މޮނިޓަރިންގެ ހާލަތު އިއުލާން ކުރުމާ އެކު އެ ރަށުގައި ހާއްސަ ފިޔަވަޅުތަކެއް އެޅި ނަމަވެސް މިހާރު މޮނިޓަރިން އުވާލުމާ އެކު އެ ފިޔަވަޅުތަކަށް ވަނީ ލުއި ދީފައެވެ. އެގޮތުން ރޭގަނޑު ނުވަޔަކުން ފަތިހު ހަތަރަކާ ހަމައަށް އޮތް ކާފިޔު ވެސް މިހާރު ވަނީ އުވައިލައިފައެވެ.

Advertisement
HDC — Sidebar (box)

އައްޑޫ ސިޓީ މޮނިޓަރިންއިން ނެގި އިރު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދުތައް މިވަނީ ވަރަށް ބޮޑަށް ދަށަށް ދާން ފަށައިފައެވެ. އެންމެ ފަހުގެ އަދާހަމައަށް ބަލައިލާއިރު ބުދަ ދުވަހުގެ އިރުއޮއްސި ހަޔަކުން ބުރާސްފަތި ދުވަހު ހަޔަކަށް ނެގުނު ސުންކުތަކުގެ ތެރެއިން ފައްސި ވެފައި ވަނީ ހަތަރު މީހެކެވެ. އެއާ އެކު އައްޑޫއިން ފައްސިވި ޖުމްލަ އަދަދު 2977 އަރައިފައި ވެއެވެ. އެ ސިޓީން ބަލިން ރަނގަޅު ވެފައިވާ މީހުންގެ އަދަދަކީ 2921އެވެ. އަދި މިހާރު އައްޑޫ ސިޓީގައި ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދަކީ 44 އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް