ޚަބަރު

މާލޭގައި އެއްލައްކަ ގަސް އިންދުމުގެ ޕްރޮގްރާމް ފަަށައިފި!

އާއިޝަތު ޖަނާ ސަމީރު ، ދެން އޮންލައިން

މާލޭގައި އެއްލައްކަ ގަސް އިންދުމުގެ ޕްރޮގްރާމް މިއަދު ފަށައިފިއެވެ.

Ads by Hajj Corporation

މި ޕްރޮގްރާމަކީ މާލޭ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް ފައްޓަވައިދެއްވައިފައި ވަނީ މާލޭ ސިޓީ ކައުންސިލްގެ ސީނިއަރ އެކައުންޓްސް އޮފިސަރ އަބްދުﷲ ރަމީޒުއެވެ.

މި ޕްރޮގްރާމްގެ ދަށުން 75% - 80%ގަސް އިންދާނީ މާލޭގެ މަގުތަކުގައެވެ. ދެން ހުރި ގަސްތައް އިންދުމަށް ހަމަޖެހިފައި ވަނީ ޕާކުތަކުގައެވެ. މިހާރު ވެސް މަޖީދީމަގުގެ ދެ ފަރާތުގައި ވަކި ތަރުތީބަކުން އަނބު ގަހާއި ޖަނބުރޯލު ގަސް ޖަހަން ފަށައިފައި ވެއެވެ.

މި ޕްރޮގްރާމްގެ ތަފްސީލް ދެއްވަމުން އެކަމުގައި އިސްކޮށް އުޅުއްވާ މާލޭ ސިޓީ ކައުންސިލްގެ ޕްރޮޖެކްޓް މެނޭޖަރު މުހަންމަދު މަބްރޫކް ވިދާޅުވީ މަގުތަކުގައި ގަސް އިންދާނީ ހަތަރު ކެޓެގަރީއަކަށް ބަހައިލައިގެން ކަމަށެވެ. އެ ހަތަރު ކެޓެގަރީއަކީ ބޮޑެތި މައި މަގުތަކާއި އެއާ ގުޅިފައިވާ ސެކަންޑްރީ މަގުތަކުގެ އިތުރުން އެތެރޭގެ ކުދި މަގުތަކާއި ދުއްވާ އުނޅަދުތަކަށް ނުވަދެވޭ ކުދި ގޯޅިތަކެވެ.

މި ޕްރޮގްރާމާ ގުޅޭ ގޮތުން އިތުރަށް ވާހަކަދައްކަވަމުން މަބްރޫކު ވިދާޅުވީ ގަސް އިންދަން ފެށީ ހުރިހާ މަގެއް ވަރަށް ރަނގަޅަށް ދިރާސާކޮށް ރަނގަޅު ޑިޒައިނެއް ހަދައިގެން ކަމަށާއި ޖާގަ އޮތް ބޮޑެތި މަގުތަކުގައި ބިޔަ ގަސްތައް ޖެހި ނަމަވެސް ކުދި ހަނި ގޯޅިތަކުގައި އިންދާނީ އެ މަގަގަކަށް އެކަށީގެންވާ ގޮތަށް ކުދި އަދި މާ ގަސް ކަމުގައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!