މުނިފޫހިފިލުވުން ދިވެހި ސިނަމާ

ޝަރާގެ "ތިޔަ ސޫރަ"އިން އެތައް ބައެއްގެ ހިތް ދީވާނާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބައިސްކޯފުގެ ކާމިޔާބު ވެބްސީރީޒް "އެހެނަސް"އިން ދިވެހި ފިލްމު އިންޑަސްޓްރީއަަށް ތައާރަފުވި ފާތިމަތު ޝަރާގެ ފުރަތަމަ ވީޑިއޯ ލަވަ މިއަދު ރިލީޒް ކޮށްފިއެވެ.

Ads by MWSC

ތިޔަ ސޫރަ" ނަމަކަށް ކިޔާ މި ލަވައިގައި ހަރަކާތްތެރި ވަނީ ޝަރާގެ އިތުރުން މަޝްހޫރު ފެޝަން ޑިޒައިނަރ ޖާދުﷲ އިސްމާއީލެވެ.

ތުރުކީގެ އިސްތަންބުލްގެ ހިތްގައިމު މަންޒަރުތައް ދައްކުވައިދޭ މި ލަވަ ޑައިރެކްޓު ކޮށްފައި ވަނީ މި ދާއިރާގައި މޭކަޕް އާޓިސްޓެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ހަރަކާތްތެރިވަމުން އަންނަ ހަސަން އާދަމެވެ.

އައު އަހަރު ފެށުމާ ގުޅިގެން މި ލަވަ މިއަދު ރިލީޒް ކޮށްފައިވާ އިރު، ލަވައިގެ ހިތްގައިމު ބައެއް މަންޒަރުތަކާ އެކީ މި ދިޔަ މަހުގެ 20 ވަނަ ދުވަހު ވަނީ ކުރު ޓްރެއިލަރކޮޅެއް ވެސް ނެރެފައެވެ.

މިހައިތަނަށް 2600އަށް ވުރެ ގިނަ މީހުން ވަނީ އެ ލަވަ ބަލައިފައެވެ.

ޖާދު ޕްރޮޑިއުސް ކޮށްފައިވާ މިލަވައިގެ ލިރިކްސް ހަދައިފައި ވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ މުޙައްމަދު އަބްދުލްޣަނީ (ތޭރަ)އެވެ. އަދި މި ލަވަ ކިޔައިފައި ވަނީ ތޭރައާއި އައިޝަތު ޖުނީ ޖިނާހެވެ.

"ދެން"އަށް މައުލޫމާތު ދެމުން ޝަރާ ބުނީ މިލަވައިގެ ޝޫޓިންގ އެއްކޮށް ނިންމައިލައިފައި ވަނީ އެންމެ ތިން ދުވަހުން ކަމަށެވެ.

މިއީ ވަރަށް ފޮނި އުންމީދުތަކަކާ ދިގު އިންތިޒާރެއް ކުރި ލަވައެއް ކަމަށާއި މިއީ ފުރަތަމަ ވީޑިއޯ ލަވަ ނަމަވެސް، ލަވައިގެ ޝޫޓިންގައި ކުރެވުނު ތަޖުރިބާތައް ވެސް ވަރަށް އުފާވެރި ކަމަށް ޝަރާ ބުންޏެވެ.

Ads by Ooredoo
  1. ޑަންބޯ

    ހަމަ އަސްލައްވެސް މި ހިތް ދީވާނާވެއްޖެ. އެކުއްޖާ ހުސްތަ؟