Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ފޭސް 2އިން ހަމައެކަނި މާލޭ މީހުންނަށް ގޯތި ދޫކުރާ ގޮތަށް އުސޫލު ބަދަލުކޮށްފި

ފޭސް 2އިން ހަމައެކަނި މާލޭ މީހުންނަށް ގޯތި ދޫކުރާ ގޮތަށް އުސޫލު ބަދަލުކޮށްފި

ހުޅުމާލޭ ދެވަނަ ފިޔަވަހިން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ބީލަމުގެ އުސޫލުން ގޯތި ވިއްކުމަށް ހުޅުވައިލި ފުރުސަތުގައި ގޯތި ވިއްކާނީ ހަމައެކަނި މާލޭ ރައްޔިތުންނަށް ކަމަށް ކަނޑައަޅައި މިކަމާ ގުޅޭގޮތުން ކުރިން އިއުލާންކުރި އުސޫލު ބަދަލުކޮށްފިއެވެ.

ކުރިން އިއުލާނު ކޮށްފައި ވަނީ ހުރިހައި ރައްޔިތުންނަށް ވެސް ހުޅުމާލޭ ދެވަނަ ފިޔަވަހިން ގޯތި ވިއްކުމަށެވެ. އެގޮތުން ވިއްކުމަށް ހަމަޖެހިފައިވާ ގޯތިތަކުގެ ތެރެއިން 60 ގޯތި ވިއްކުމަށް ހުޅުވައިލީ މިދިޔަ ޑިސެމްބަރު މަހުގެ 27ވަނަ ދުވަހުއެވެ. އެ ފަހަރު ހުޅުވައިލި ފުރުސަތުގައި އިސްކަން ދީފައި ވަނީ އަލަށް ބިން ގަންނަ ފަރާތްތަކަށާއި މާލެ ސަރަހައްދުން ދިރިއުޅުމުގެ ބޭނުމަށް 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ނުވަތަ ގޯއްޗެއް ރަޖިސްޓްރީ ކުރެވިފައި ނުވާ ފަރާތް ތަކަށެވެ.

ހުޅުމާލެ ޑިވިލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އެއިރު ބުނީ، އެގޮތަށް ބިން ވިއްކުމުގެ ބޭނުމަކީ ޒަމާނާއި އެއްގޮތަށް ތަރައްގީކުރެވޭ ގެދޮރުވެރިކަމުގެ އެކިއެކި މަޝްރޫއުގެ ތެރެއިން އެކިއެކި ފަންތީގައި ހިމެނޭ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުގެ އިތުރުން އެ ފަދަ މަޝްރޫއުން ލިބޭ ފައިސާއިން ސޯޝަލް ހައުސިން ކެޓަގަރީގެ ބިންތަކުގެ އަގު ހަމަޖައްސައި އެ މަޝްރޫއުތަކުގެ އަގު ކުޑަކުރުން ކަމަށެވެ.

Advertisement
Allied Insurance — Square (box)

އާންމުންގެ ފާޑު ކިޔުންތަކާ އެކު މާލޭ ރައްޔިތުންނަށް އެކަނި ގޯތި ވިއްކުމަށް ނިންމައިފައި ވަނީ ގަންނަ މީހުންގެ ގައިގައި ހުންނަން ޖެހޭ ޝަރުތަތަކަށް ނަންބަރެއް އިތުރު ކުރުމަށް ފަހުއެވެ. އެ އިއުލާނަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައި ވަނީ ގޯތި ގަންނަ މީހެއްގެ ޝަރުތުތަކުގެ ތެރޭގައި މާލޭގައި ރަޖިސްޓްރީވެފައިވާ މާލޭ ރައްވެއްސަކަށް ވާންވާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް