Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ސްވިމިން ޕޫލަކަށް ވެއްޓި ހަތަރު އަހަރުގެ ކުޑަ ކުއްޖަކު ނިޔާވެއްޖެ

ސްވިމިން ޕޫލަކަށް ވެއްޓި ހަތަރު އަހަރުގެ ކުޑަ ކުއްޖަކު ނިޔާވެއްޖެ

ހުޅުމާލޭ އޯޝަންފްރަންޓް ރެސިޑެންސްގެ ސްވިމިން ޕޫލަކަށް ވެއްޓި އުމުރުން ހަތަރު އަހަރުގެ ކުޑަ ކުއްޖަކު ނިޔާވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހުޅުމާލޭ އޯޝަންފްރަންޓް ރެސިޑެންސްގެ ސްވިމިން ޕޫލަކަށް ހަތަރު އަހަރުގެ ފިރިހެން ކުއްޖަކު ވެއްޓިގެން، ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމުގެ ރިޕޯޓު މިއަދު ހަވީރު 5:10 ހައިއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

ހަވީރު 5:40 ހައިއިރު އެ ކުއްޖާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް