Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ސޯޝަލް ސެންޓަރުގައި ސުންކު ނަގާ ގަޑިތަކަށް ބަދަލުތަކެއް

ސޯޝަލް ސެންޓަރުގައި ސުންކު ނަގާ ގަޑިތަކަށް ބަދަލުތަކެއް

ސޯޝަލް ސެންޓަރުން ކޮވިޑް-19އަށް ސުންކު ނަގާ ގަޑިތަކަށް ބަދަލުތަކެއް ގެނެސްފައިވާކަމަށް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނެފައި ވަނީ ސޯޝަލް ސެންޓަރުން ސުންކު ނަގަން ފަށާނީ ހޮނިހިރު ދުވަހުން ފެށިގެން ބުދަ ދުވަހާ ހަމައަށް ކޮންމެ ދުވަހެއްގެ ހެނދުނު09:00 އިން މެންދުރު 12:00 އަށާއި އަދި މެންދުރު 03:00 އިން ފެށިގެން އިރުއޮއްސި 06:00އަށް ކަމަށެވެ. އަދި ބުރާސްފަތި ދުވަހު ސުންކު ނަގާނީ ހެނދުނު 09:00 އިން މެންދުރު 12:00އަށް، އަދި ހުކުރު ދުވަހު މެންދުރުފަހު 3:00އިން އިރުއޮއްސި 06:00އާ ހަމައަށްކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

މާލެ ސަރަހައްދުގައި ކޮވިޑް 19އަށް ޓެސްޓް ކުރުމަށް ޓަކައި ސުންކުތައް ނަގަނީ ސެނަހިޔާއާއި ސޯޝަލް ސެންޓަރާއި ހުޅުމާލެ ފުލޫ ކްލިނިކް އަދި ވިލިމާލޭފުލޫ ކްލިނިކުންނެވެ.

Advertisement
Ooredoo — Square (box)

މިވަގުތު މާލެ ސަރަހައްދުން ވޭދަނަތައް ގިނަ ވަމުން އަންނަ އިރު، ސްކޫލު ބަންދުވުމުން ރަށްރަށުން ގިނަ އަދަދެއްގެ މީހުން މާލެ ސަރަހައްދުގައި އައިސް އުޅޭކަން ފާހަގަވެއެވެ. އަދި ހަމައެއާ އެކު އައު އަހަރާ ދިމާކޮށް ބޭއްވި މިއުޒިކް ޝޯ ބެލުމަށާއި އަދި މަގުމަތީ ބާޒާރު ފަދަ ތަންތަނަށް ވެސް ގިނަ އަދަދެއްގެ ބަޔަކުއެއްވެފައި ވުމަކީ މިވަގުތު ވޭދަނަތައް އިތުރުވުމަށް މެދުވެރިވާ ސަބަބެއްކަމަށް ބައެއް މީހުން ބުނެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް