ކެމްޕެއިނަށް ރައީސް ޔާމީން ކޮމަންޑުއަށް ވަޑައިގަންނަވަނީ
                                                        ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް މެމްބަރަކު އިންތިހާބު ކުރަން ބާއްވާ ބައި އިލެކްޝަންގައި، އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ އުސްތާޛު މޫސާ ފަތުހީ އާދަމްގެ ކެމްޕެއިނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެ ދާއިރާއަށް ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.
ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އޮންލައިން ނޫސް "ސަން"އަށް ވިދާޅުވީ ރައީސް ޔާމީން ކޮމަންޑޫ ދާއިރާއަށް ވަޑައިގަންނަވާނީ މި ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ކަމަށެވެ.
ރައީސް ޔާމީންގެ އެ ދަތުރުފުޅުގައި ޑޯޓުޑޯ ކެމްޕެއިން ކުރިއަށްގެންދަވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ރައީސް ޔާމީނުގެ މި ދަތުރުފުޅުގައި ރައްޔިތުން ގާތަށް ގޭގެއަށް ވެސް ވަޑައިގަންނަވާނެ،" އާދަމް ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން އާދަމް ޝަރީފް ވިދާޅުވީ ފަތުހީގެ ކެމްޕެއިން ވަރަށް ހަލުވި ސްޕީޑެއްގައި މިހާރު ވެސް ކުރިއަށްދާ ކަމަށެވެ.
 
 
            
                    
            
                    
            
                    
            
                    
		
		
		
		
		
ޜައީސް ޔާމީންއަށް ލިބިވަޑައިގެން “ކޮމަންޑޫ ޑޯ ޓް ޑޯ ކެމްޕައިންގެ” މި، ފުރުސަތު ވެގެންދާނީ ރައީސް ޔާމީންގެ “ޝަޚުސިއްޔަތާ ބެހޭގޮތުން” ކޯލިޝަން ސަރުކާރު އާއި، އަދި ރ، ޔާމީންގެ ދެކޮޅުވެރިން ރައްޔިތުންނަށް އޮލުވާލަން ހަދައިފައިވާ “ދޮގުތަށް” ދެނެގަނެ ކިރާލަނަން ރައްޔިތުންނަށްލިބޭނެ ރަނުގެ ފުރުސަތަކަށެވެ.