Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ނަރީޝްއާއި އައިފާން ދޫކޮށްލައިފި

ނަރީޝްއާއި އައިފާން ދޫކޮށްލައިފި

އިންޑިއާގެ އަސްކަރީ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އިދިކޮޅުން ހިންގަމުން އަންނަ "އިންޑިއާ އައުޓް" ކެންޕެއިންގެ މިއަދު އޮތް ހިނގާލުމުގެ ތެރެއިން ހައްޔަރު ކުރި މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްއާއި މާލެ ސިޓީ ކައުންސިލްގެ ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލް މެމްބަރު އަހުމަދު އައިފާން ފުލުހުންގެ ހައްޔަރުން ދޫކޮށްލައިފިއެވެ.

ނަރީޝްއާއި އައިފާން ދޫކޮށްލިކަން މީގެ އިރުކޮޅެއް ކުރިން މާލެ ސިޓީ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

އިދިކޮޅު ކޯލިޝަނުން "އިންޑިއާ އައުޓް" ކެންޕެއިންގެ ދަށުން މިއަދު އޮތް ހިނގާލުމުގެ ތެރެއިން، ނަރީޝްއާއި އައިފާން ހިމެނޭހެން ހަތް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް މިއަދު ގެންދިޔައެވެ.

Advertisement
Allied Insurance — Square (box)

އެ އެއްވުމުގެ ތެރެއިން މިއަދު ހައްޔަރު ކުރި މީހުންގެ ތެރޭގައި ނަރީޝްއާއި އައިފާންގެ އިތުރުން ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ވެސް ހިމެނެއެވެ.

"އިންޑިއާ އައުޓް" ހިނގާލުން ހުުއްޓުވުމަށް ގިނަ އަދަދެއްގެ ފުލުހުން މަގުމަތީގައި މިއަދު ހަރަކާތްތެރިވެފައި ވެއެވެ. އަދި މަގުތަކަށް މީހުން ދިޔަ ނުދީ ވެސް ހިފަހައްޓައިފައިވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް