Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އެޗްޕީއޭގެ ބަންދުގައި ހަ ރަށެއް

އެޗްޕީއޭގެ ބަންދުގައި ހަ ރަށެއް

ކޮވިޑް-19ގެ އާލަމީ ވަބާ ފެތުރެމުން ދިޔުމުގެ ސަބަބުން، މިވަގުތު ހަ ރަށެއް މޮނީޓަރިންގެ ހާލަތުގައި އޮތް ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން އިއުލާން ކޮށްފައިވާ ގޮތުގައި މޮނިޓަރިންގެ ހާލަތުގައިވާ ރަށްތަކަކީ ކ.މާފުށި، ކ.ތުލުސްދޫ ، ހއ.އިހަވަންދޫ ، ހދ.ނައިވާދޫ ، ދ.ހުޅުދެލި އަދި ގދ.ވާދޫއެވެ. މި ހަ ރަށް ވެސް މޮނީޓަރިންއަށް ލައިފައި ވަނީ މިދިޔަ ޑިސެންބަރު މަހުގައެވެ.

ކޮވިޑްގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަަށް ބަލައިލާއިރު ރާއްޖޭގައި މިވަގުތު މި ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދަކީ 3086އެވެ. މީގެ ތެރެއިން 12 މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު މިބަލިން ރަނގަޅުވެފައިވާ މީހުންގެ ޖުމްލަ އަދަދަކީ 93،968 އެވެ. އަދި މި ބަލީގައި މަރުވެފައިވާ މީހުންގެ އަދަދަކީ 264އެވެ.

Advertisement
Allied Insurance — Square (box)

ފާއިތުވި ސައުވީސް ގަޑިއިރު ތެރޭގައި ރާއްޖެއިން ކޮވިޑް-19އަށް ޓެސްޓު ކުރުމަށް 3601 ސުންކު ނަގައިފައިވެއެވެ.

އަދި ހަމަ އެހެންމެ ކޮވިޑް 19އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން ގެ ބޫސްޓާ ޑޯޒު 27،308 މީހުން ޖަހައިފައިވާ ކަމަށް ވެސް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މީގެ ތެރެއިން 245 މީހުން ބޫސްޓާ ޑޯޒު ޖަހައިފައި ވަނީ ބުރާސްފަތި ދުވަހުގައެވެ. ވެކްސިން ޖެހި މީހުންގެ ތެރެއިން 396941 މީހުން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހައިފައިވާކަމަށް މި ތަފާސްހިސާބުތަކުން ދައްކާއިރު 27308 މީހުން ދެވަނަ ޑޯޒް ޖަހައިފައިވާ ކަމަށް ވެސް ދައްކައެވެ.

މާސްކް އެޅުން ފަދަ ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަން ދިނުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައެވެ. އަދި ގޭގައި ކަރަންޓީނުގައި ހުންނަ މީހަކަށް އެހީތެރިވެދޭ ނަމަ ގޭގައި އުޅޭ އެހެން މީހުންނާ ވަކިން ކެއުމުގެ އިންތިޒާމް ހަމަޖެއްސުމާއި ، ކަރަންޓީނުގައި ހުންނަ މީހާގެ އަންނައުނާއި ނުވަތަ އެހެނިހެން ތަކެތީގައި އަތްލާ ނަމަ އަންގި ބޭނުންކުރުމާއި ، ކަރަންޓީނުގައި ހުންނަ މީހާއާ ދިމާވާ ނަމަ މާސްކު އެޅުމަށް ވެސް އެޗްޕީއޭއިން ގޮވައިލައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް