Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މާލެއިން ދަތުރުކުރާ ނަމަ ޕީސީއާރު ޓެސްޓް ހަދަން މަޖުބޫރުކޮށްފި

މާލެއިން ދަތުރުކުރާ ނަމަ ޕީސީއާރު ޓެސްޓް ހަދަން މަޖުބޫރުކޮށްފި

މާލެ ސަރަޙައްދު (މާލެ، ހުޅުމާލެ، ވިލިމާލެ)ގައި ކޮވިޑަށް ނަގާ ސުންކުތައް ފައްސިވާ އިންސައްތަ %5 އަށްވުރެ މަތިވެފައިވާތީ 10 ޖަނަވަރީ 2022އިން ފެށިގެން މާލެ ސަރަޙައްދުން ދަތުރުކުރުމުގައި ޕީސީއާރް ޓެސްޓް ހަދަން މަޖުބޫރުކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ދެންމެ ވިދާޅުވީ ވެކްސިންގެ ޑޯޒްތައް ފުރިހަމަވެ 14 ދުވަސް ހަމަވެފައިވާ ފަރާތެއް ނަމަ ދަތުރުކުރަން ޖެހޭނީ 72 ގަޑިއިރު ނުވާ ޕީސީއާރ ނައްސި ނަތީޖާއާ އެކު ކަމަށެވެ. އަދި ވެކްސިންގެ ޑޯޒްތައް ފުރިހަމަ ނުވާ ފަރާތެއް ނަމަ، 14 ދުވަހުގެ ފުރަބަންދު ކަރަންޓީނު ފުރިހަމަކުރަން ޖެހޭނެ ކަމަށާއި އެފަރާތްތަކުން ކަރަންޓީނުން ދޫކުރެވޭނީ 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރުމަށް ފަހު ޕީ.ސީ.އާރ ޓެސްޓް ހަދައި ނަތީޖާ ނައްސިވުމުން ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ. މީގެ ތެރޭގައި މިފަދަ މީހުންނާ އެކުގައި ދަތުރުކުރަންޖެހޭ ވެކްސިން ނުޖެހޭ ޢުމުރުގެ ކުޑަކުދިން ނުހިމެނޭނެ ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.

މީގެ އިތުރުން މާލެ ސަރަހައްދުން ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުން 'ކޮވިޑްސޭފް' ޕޯޓަލްއިން ނައްސި ނަތީޖާ ދައްކަން ޖެހޭ ކަމަށް ވެސް އެޗްޕީއޭއިން ވިދާޅުވިއެވެ. އަދި ދަތުރުކުރާ ފަރާތްތަކުން ހާލުބެލުން ޕޯޓަލް'އިން ހުއްދަ ހޯދައިގެން ދަތުރުކުރުމަށް ވެސް އެޗްޕީއޭއިން ވަނީ އަންގަވައިފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް