Saturday, 7 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކުޅިވަރު މުބާރާތްތަކާއި ހަފްލާތައް ބޭއްވުން މަނާކޮށްފި

ކުޅިވަރު މުބާރާތްތަކާއި ހަފްލާތައް ބޭއްވުން މަނާކޮށްފި

ކުޅިވަރު މުބާރާތްތަކާއި ހަފްލާތައް މާލޭގައި ބޭއްވުން މަނާކޮށްފިއެވެ.

ދުނިޔޭގެ ބައެއް ޤައުމުތަކުން ފެނިފައިވާ ސަރސްކޯވީ-2 ވައިރަސްގެ "އޮމިކްރޯން" ވޭރިއަންޓް
ރާއްޖެއިން ފެނިފައިވާތީއާއި މާލެ ސަރަޙައްދުގައި ބަލި ފެތުރުން އިތުރުވެފައިވާތީ، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކާތެރިކަމަށް ޓަކައި، ޤާނޫނު ނަންބަރު 2021/7 (އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 34 ވަނަ މާއްދާގެ (ރ) އާއި އެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރުގެ ދަށުން ބަލި ފެތުރުން ކޮންޓްރޯލު ކުރުމުގެ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަޙައްދު (މާލެ ، ހުޅުމާލެ، ވިލިމާލެ) ގައި 2022 ޖަނަވަރީ 10 ވަނަ ދުވަހުން ފެށިގެން ވަކިގޮތެއް އަންގަންދެން އެޗްޕީއޭއިން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ.

އެ ފިޔަވަޅުތަކަކީ:

Advertisement
Allied Insurance — Square (box)

1. ފަންސާސް މީހުންނަށް ވުރެ ގިނަ މީހުން ޖަމާވާގޮތަށް ހަފްލާތަކާއި އިވެންޓްތަކާއި އެއްވުންތައް ނުބޭއްވުން. ފަންސާސް މީހުންނަށްވުރެ މަދުން މީހުން ހިމަނައިގެން ބާއްވާ މިފަދަ ކަންކަން އެޗްޕީއޭއިން ކަނޑައަޅައިފައިވާ ރައްކާތެރިކަމުގެ މިންގަނޑުތަކާއި ގައިޑްލައިންތަކާ އެއްގޮތަށް ބޭއްވުން.

2. މަގުމަތީ ބާޒާރުތައް ނުބޭއްވުން.

3. ކުޅިވަރު މުބާރާތްތައް، ކުޅިބަލާ މީހުންނަށް ވަދެވޭގޮތަށް ނުބޭއްވުން.

އެޗްޕީއޭއިން ވަނީ މި ފިޔަވަޅުތައް ތަންފީޛުކޮށް، މި ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް އެންމެހައި އިދާރާތަކާއި ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ. އަދި މި އިޢުލާނާ ގުޅިގެން ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ވެސް އެ އެޖެންސީން ވަނީ އަންގަވައިފައެވެ.

މާލެ ސަރަހައްދުގައި އެޗްޕީއޭއިން އަނެއްކާވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފައި މިވަނީ، ވޭތުވެދިޔަ ހަފްތާ ތެރޭގައި ކޮވިޑް-19އަށް ފައްސިވި މީހުންގެ އަދަދުތައް އިތުރުވަމުން ދިޔުމާ ގުޅިގެންނެވެ.

އެގޮތުން އިއްޔެ ވެސް މާލެ ސަރަޙައްދުން 101 މީހުން ފައްސި ވެފައިވާ އިރު، އަތޮޅުތެރެއިން 129 މީހުން އަދި ހިންގަމުންދާ ރިސޯޓުތަކުން 99 މީހަކު ފައްސިވެފައިވެއެވެ. އިއްޔެ މުޅި ޖުމްލަ 337 މީހުން ރާއްޖެއިން ކޮވިޑް-19އަށް ފައްސިވެފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް