ޚަބަރު

އަމާޒަކީ ސްކޫލް ކުދިންގެ ކިޔެވުމަށް ބުރޫ ނާރާގޮތަށް ބަލި ކޮންޓްރޯލު ކުރުން: ޑރ. ނަޒްލާ

މަރްޔަމް ނަޙްދާ ވަޙީދު ، ދެން އޮންލައިން
ޑރ. ނަޒްލާ ރަފީގު

ރާއްޖޭގައި އަނެއްކާ ވެސް ކޮވިޑް-19ގެ ވޭދަނަތައް އިތުރުވާން ފަށައިފައިވާ މި ދަނޑިވަޅުގައި އެޗްޕީއޭގެ އަމާޒަކީ ސްކޫލް ކުދިންގެ ކިޔެވުމަށް ބުރޫ ނާރާނެ ފަދަ ގޮތަކަށް މި ބަލި ކޮންޓްރޯލުކުރުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އެޗްޕީއޭގެ ފަރާތުން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ މިހާރު ކޮވިޑް-19 ވަރަށް ހަލުވިކަމާއެކު ފެތުރެމުންދާތީ ކޮންމެ ދުވަހަކު ވެސް ކޮވިޑުގެ ހާލަތު ރިވިއުކުރަމުންދާ ކަމަށާއި އެޗްޕީއޭގެ އަމާޒަކީ ސްކޫލުތަކުގެ ކިޔަވާ ދަރިވަރުންގެ ކިޔެވުމަށް ބުރޫނާރާނެ ގޮތަކަށް ބަލި ކޮންޓްރޯލު ކުރުން ކަމަށެވެ.

މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ ސްކޫލުތަކުގެ ކިޔެވުން ކުރިއަށް ދާނެގޮތުގެ އިތުރު ނިންމުންތައް ނިންމާނީ ކުރިއަށް އޮތް ތިން ދުވަހުގެ ވޭދަނަތަކަށް، ބަލައި އެޑިއުކޭޝަން މިނިސްޓްރީއާ ވެސް މަޝްވަރާކޮށްފައި ކަމަށެވެ.

ސްކޫލުތަކުގެ ކިޔެވުން ފަށާއިރު އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ހުރިހާކަމެއް ވެސް ކުރިއަށް ގެންދިއުމަށް ވެސް ޑރ.ނަޒްލާ ވަނީ އެދިފައެވެ. އެގޮތުން މާސްކް އެޅުމާއި، ގައި ދުރުކަން ދެމެހެއްޓުމާއި އަދި ސެނިޓައިޒްކުރުން ހިމެނެއެވެ.

މީގެ އިތުރުން ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރު ވިދާޅުވީ އެޗްއީއޯސީގެ ކަންކަން މިހާރު އިތުރަށް ހަރުދަނާ ކުރަމުންދާ ކަމަށާއި މި މަސައްކަތްތައް ކުރާނީ ގައުމު ހިންގުމަށް ބުރޫނާރާނެ ގޮތަށް ކަމަށެވެ. އެގޮތުން ސްކޫލުތަކާއި ސަރުކާރުގެ އިދާރާތައް ގުޅިގެން ކޮވިޑް ކޮންޓްރޯލް ކުރެވޭނެ ގޮތްތައް ހޯދަމުންދާ ކަމަށް ވެސް ޝާހް ވިދާޅުވިއެވެ.

Ads by Ooredoo
  1. އަމާޒަކި ކުލިނިކް ހިންގާފަ ގިނައިން ފައިސާހޯދުން !