އާންމުތަނެއްގައި ތޫނު އެއްޗެއް ގެންގުޅުނު މައްސަލައެއްގައި މީހަކު ހޯދަނީ
ލ. ގަން މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފިއެވެ.
މި އަމުރާ ގުޅިގެން ފުލުހުން ހޯދަމުންދަނީ، ލ. ގަން/މަތިމަރަދޫ، ވިލާ، ޙުސައިން ޢާތިފް (27އ)އެވެ. އޭނާ ހޯދަމުންދަނީ ލ. ގަން މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ މަގުބޫލު ސަބަބެއް ނެތި އާންމުތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން 2022 ޖަނަވަރީ 12ވަނަ ދުވަހުގެ 09:15އަށް ގަން މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.
ޙުސައިން ޢާތިފްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ ޕޮލިސް ކަސްޓަޑީގެ ނަންބަރު 9991442އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދިލައްވައިފައިވެއެވެ.