Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މި މަހު މެދުތެރޭގައި ބޫސްޓަރ ވެކްސިން ދޭން ފަށަނީ

މި މަހު މެދުތެރޭގައި ބޫސްޓަރ ވެކްސިން ދޭން ފަށަނީ

ކޮވިޑް-19އިން ދިފާއުވުމަށް ޖަހަމުން އަންނަ ވެކްސިންގެ ބޫސްޓަރ ޑޯޒް ، މި ހިނގާ ޖެނުއަރީ މަހުގެ މެދުތެރޭގައި އާއްމުންނަށް ޖަހަން ފަށާނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު އަބްދުﷲ މާހިރު ވިދާޅުވީ، ބޫސްޓަރ ޑޯޓްތައް ޖަހަން ބޭނުންވާ އެއްލައްކަ ޑޯޒް މިހާރު ލިބިފައިވާ ކަމަށާއި އަދި އެކަމަށް ބޭނުންވާ އެހެނިހެން ތަކެތި ކުރިއަށް އޮތް ހަފްތާއެއްހައި ދުވަސްގެ ތެރޭގައި ލިބޭނެ ކަަމަށެވެ.

"މިހާރު އަޅުގަނޑުމެންނަށް ވަނީ ވެކްސިން ލިބިފައި. އެއްލައްކަ ޑޯޒް މިހާރު އަޅުގަނޑުމެން އަތުގައި އެބަހުރި. އެހެންވީމާ ބޫސްޓާ ޑޯޒް ޖެހުމުގެ ކެމްޕޭނެއް ފުދޭވަރަކަށް ފާސްޓްކޮށް މިމަހު މެދެއްހައިތާ އަޅުގަނޑުމެން ކުުރިއަށް ގެންދާނަން" ޝާހު ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

ވެކްސިން ބޫސްޓަރޝޮޓްގެ ގޮތުގައި ޖަހަނީ ފައިޒާ ވެކްސިނެވެ. މިހާރު ބޫސްޓަރ ޖަހައިދެމުން އަންނަނީ ހައި ރިކްސް މީހުންނަށް އެކަންޏެވެ.

ޝާހް ވިދާޅުވީ، ރާއްޖޭގައި ދެ ޑޯޒް ވެކްސިން ފުރިހަމަކޮށްފައިވާ މީހުންގެ އަދަދު އުޅެނީ 80 އިންސައްތައިގައި ކަމަށެވެ. ނަމަވެސް ތިން ޑޯޒް ޖެހި މީހުންގެ އަދަދު ދަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް