Saturday, 31 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ރަށުން ބޭރު މީހުންނަށް ތިނަދޫން ގޯތި ދޫކުރަނީ

ރަށުން ބޭރު މީހުންނަށް ތިނަދޫން ގޯތި ދޫކުރަނީ

ރަށުން ބޭރު މީހުންނަށް، ގދ. ތިނަދޫން ގޯތި ދޫކުރަން އެ ރަށު ކައުންސިލުން ނިންމައިފިއެވެ.

ތިނަދޫ ކައުންސިލުން އިއްޔެ ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ތިނަދުއަކީ ހަލުވިމިނެއްގައި އާބާދީ އިތުރުވަމުން އަންނަ ރަށަކަށް ވެފައި ތަރައްޤީގެ އައު އުސްމިންތަކަކަށް ވާޞިލުވުމަށް
ކައުންސިލުން ހިފައިފައިވާ އަމާޒަށް ވާޞިލުވުމަށް ޓަކައި އެހެން ރަށްރަށުގެ ރައްޔިތުން ވެސް ހިމަނައިގެން ސަރަޙައްދީ ތަރައްޤީގެ ތެރެއިން މަސައްކަތްކުރާ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއް ކަމަށެވެ.

އަދި އިޤްތިޞާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ހިންގާ އެކިއެކި ޙަރަކާތްތަކާ އެކު ތިނަދޫން ގޯތި ނުވަތަ ބޯހިޔާވަހިކަން ރަށުން ބޭރުގެ ފަރާތްތަކަށް ދޫކުރުމަށް ކައުންސިލުން ނިންމައިފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.

Advertisement
Ooredoo — Square (box)

އެ ކައުންސިލުން އިތުރަށް ބުނީ ގޯތި ނުވަތަ ބޯހިޔާވަހިކަމުގެ ޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް ޓަކައި ތިނަދޫން ގޯތި ލިބުމަށް ޝައުޤުވެރިވާ ރަށުން ބޭރުގެ ފަރާތްތަކުން 31 މާރިޗް 2022ގެ ކުރިން މަޢުލޫމާތު ޙިއްސާ ކުރެއްވުމަށް އެދޭ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް